ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ސްކައުޓް ކޭމްޕް ނިންމާލައިފި

ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕްގެ ތެރެއިން. ފޮޓޯ : ހަނިމާދޫ ސްކޫލު

ހދ. ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ސްކައުޓް ކޭމްޕް ނިންމާލައިފިއެވެ.

ނޮވެމްބަރ އިންޑޯރ ކޭމްޕް 2021ގެ ނަމުގައި 3 ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 120 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 40 ސްކައުޓުންނާއި 80 ކަބްސްކައުޓުން ހިމެނެއެވެ. މި ކޭމްޕްގައި ޕެކް 1-6ގެ ކުދިންނަށް 3 ގަޑިއިރުގެ ހަރަކާތެއް ހިންގާފައިވާއިރު ޕެކް 7 އަދި ޓްރޫޕް 2ގެ ކުދިންނަށް 1 ނައިޓް، އަދި ޓްރޫޕް 1 ސްކައުޓް ސީނިއަރ ކުދިންނަށް 2 ނައިޓް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަނިމާދޫ ސްކޫލުގައި ބޭއްވި ސްކައުޓް ކޭމްޕްގެ ތެރެއިން. ފޮޓޯ: ހަނިމާދޫ ސްކޫލް

ޕެކް 7ގައި އަލަށް ކަބްސްކައުޓަށް އަލަށް ގުޅުނު ކުދިންނަށް މި ކޭމްޕްގައި މެންބަރޝިޕްގެ ފިލާވަޅުތައް ނަގައިދިނުމާއި ސްކައުޓަށް އަހުލުވެރިކުރުވުމާއި ކޭމްޕިންގގެ އެކްޕީރިއެންސްކޮށްލަން ފުރުސަތު ދީފައިވެއެވެ.

މި ކޭމްޕަށް ކެތި އަރާ ޖަމިއްޔާއާއި އަރަބިއްޔާ ސްކައުޓް ގްރޫޕްގެ އެހީތެރިކަން ލިބިފައިވާއިރު ގްރޫޕް ސްކައުޓް ލީޑަރާއި ސްކޫލު މެނޭޖްމަންޓާއި ހުރިހާ ސްޓާފުންގެ އިތުރުން ބެލެނެވެރިންގެ އެހީތެރިކަން ލިފައިވާކަމަށް ހަނިމާދޫ ސްކޫލުން މައުލޫމާތުދެއެވެ.

މި ކޭމްޕަކީ އެ ސްކޫލުން މިގޮތަށް ބޭއްވި 4 ވަނަ ކޭމްޕެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *