ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ 2021 ވަނަ އަހަރުގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23ގެ ނިޔަލަށެވެ.
އަންނަ މަހުގެ 3 އަދި 4ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހުޅުވާލާފައިވަނީ އެރަށުގެ ސްކޫލް މަދަރުސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކަށެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ތިނަދޫ ކައުންސިލްގެ އިދާރާއިންނާއި އެރަށު އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ތިނަދޫ ކައުންސިލް އިދާރާގެ އިސްލާމިކް ސަބް ޔުނިޓުން ލިބޭނެކަމަށް އެ ކައުންސިލުން ބުނެއެވެ
ތިނަދޫ ކައުންސިލުން ވަނީ ޤުރުއާން ކިޔެވުމުގެ 08 މުބާރާތެއް ބާއްވާފައެވެ. މި މުބާރާތްތަކުން ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވެސް ކަނޑައަޅާފައިވެއެވެ.
advertisment
ހިޔާލު