ފަލިޖެހުމުގެ ބައިނަލްއަގުވާމީ މުބާރާތުގައި އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން

ރޯވިން އެސޯސިއޭޝަން
ރޯވިން މުބާރާތުގެ ތެރެއިން: އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެ- ފޮޓޯ: ރޯވިން އެސޯސިއޭޝަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފަލިޖެހުމުގެ ބައިނަލްއަގުވާމީ މުބާރާތުގައި އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން ބައިވެއްޖެއެވެ.

"އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021″ ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ފެށީ އިއްޔެ ހަވީރުއެވެ. ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ފެންދާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައި ވަނީ އައްޑޫ ސިޓީގެ ސްކޫލްތަކުންނެވެ. ރާއްޖެއިން ބޭރުން މި މުބާރާތުގައި ބައިވެފައި ވަނީ ޕާކިސްތާނާއި ތައިލެންޑް އަދި ޗައިނާގެ 23 އެތްލީޓުންނެވެ.

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް މުބާރާތުގައި ބައިވެރި ދިވެހި ދަރިވަރުން: މިއީ ރާއްޖޭގެ ދަރިވަރުންގެ މެދުގައި މަގްބޫލް ކުޅިވަރަކަށް ހެދިދާނެ ފޮޓޯ: ރޯވިން އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތާއެކު، އިތުރު މުބާރާތްތައް ބާއްވައި އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަށް ރޯވިން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އައްޑޫގައި މި ފެށި މުބާރާތް އެހެން އަތޮޅުތަކުގައި ކުރިއަށް ގެންދަންވެސް އެ އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ މި މިބާރާތް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *