ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢިިމާދުއްދީން ސްކޫލުން ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
މިއެސެމްބްލީ ޝަރަފުވެރިކޮށްދެއްވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާންއެވެ. އިއްޔެ ހެނދުނު ބޭއްވި މި އެސެމްބްލީގައި ޑެޕިއުޓީ މިނިސްޓަރ ވަނީ ޖުމްހޫރީ ދުވަހާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ޤައުމަށް އަންނަ ކަންތައްތަކާއި ގުޅިގެން ދަރިވަރުންނަށް ވަނީ ނަސޭހަތްދެއްވާފައެވެ. އެގޮތުން ޤައުމަށް ފައިދާހުރި ކުދިންތަކަކަށް އެކުދިންވުމަށާއި ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް އެކުދިންގެ ފަރާތުން ފެނިގެން ދިޔުމަށް އެދޭކަން ފާހަގަކުރެއްވިއެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޒުހުދުލްޙައްޤު ދަރިވަރު ނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިފަދަ ޚާއްސަ ދުވަސްތަކަށް އެސްކޫލުން އަބަދުވެސް ވަރަށް ފުރިހަމައަށް ތައްޔާރުވާކަމަށެވެ. އެގޮތުން ޖުމްހޫރީ ދުވަހަށް ޚާއްސަކޮށް ބޭއްވި އެސެމްބްލީގައިވެސް އެކަން ދަރިވަރުން ދައްކައިދީފައިވާކަމަށެވެ.

މި އެސެމްބްލީގައި ވެރިކަމަށް އައިސްފައިވާ ބަދަލުތަކާއި ޖުމްހޫރިއްޔަތުގެ ތެރޭގައި އައި ހުރިހާ ކަމެއްގެ މަޢުލޫމާތު ޑްރާމާއެއްގެ ގޮތުގައި ވަނީ ހުށަހަޅައިދީފައެވެ. ޢިމާދުއްދީން ސްކޫލަކީ ގާތްގަނޑަކަށް 1400ވަރަކަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.
advertisment
ހިޔާލު