ބިލެތްފަހީ ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މިސްކިތް ނިންމައި ހަވާލުކޮށްފި

ބިލެތްފަހީ ސްކޫލް
ބިލެތްފަހީގައި އިމާރާތްކުރި މިސްކިތް ޕީޓީއޭއާ ހަވާލުކުރަނީ: މި މިސްކިތުގެ ސަބަބުން ދަރިވަރުންނާއި ސްޓާފުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.- ފޮޓޯ: ބިލެތްފަހީ ސްކޫލް

ށ. ބިލެތްފަހީ ސްކޫލުގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މިސްކިތް ނިންމައި، އެ ސްކޫލާ ހަވާލުކޮށްފިއެވެ.

މިއީ ބިލެތްފަހީ ރީހުއްސަބާ، މުޙައްމަދު ރަޝާދު ޙަސަން އިމާރާތް ކޮށްދެއްވި މިސްކިތެކެވެ. މުޙައްމަދު ރަޝާދު ހަސަނަކީ ކުރިން މެޖިސްޓްރޭޓްކަމުގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.

މިސްކިތް ނިންމައި، މުޙައްމަދު ރަޝާދު ހަވާލުކުރެއްވީ ބިލެތްފަހީ ސްކޫލްގެ ޕީޓީއޭއާއެވެ. ޕީޓީއޭއިން ވަނީ މިސްކިތް ބޭނުންކުރަން ސްކޫލާ ހަވާލުކޮށްފައެވެ.

ދަރިވަރުންނާއި ސްޓާފުން ނަމާދު ކުރާނެ މިސްކިތެއް އިމާރާތް ކޮށްދިން ކަމަށްޓަކައި މުޙައްމަދު ރަޝާދު ޙަސަންއަށް ބިލެތްފަހީ ސްކޫލާއި ޕީޓީއޭއިން ވަނީ ޝުކުރުދަންނަވާފައެވެ.

ބިލެތްފަހީ ސްކޫލްގައި މިވަގުތު 130އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *