ހުރަވީ ސްކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވާ 46 ދަރިވަރަކު އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ކްރޮސްރޯޑަށް ޒިޔާރަތްކޮށްފިއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރި މި ދަތުރުގައި އެކުދިންނާއިއެކު 4 ޓީޗަރަކު ވަނީ ބައިވެރިވެފައެވެ. މިދަތުރުގައި ބައިވެރިވެފައިވަނީ އެސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސުކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ޑިޕާޓްމަންޓްގެ ހެޑް އައިމިނަތު ޒުހުދާ ވިދާޅުވީ މިދަތުރުގެ މައިގަނޑު މަގްސަދަކީ ކުދިން ކިޔަވާ ޓީޓީ(ޓްރެވަލް އެންޑް ޓުއަރިޒަމް) މި މާއްދާގައި އެކުދިންނަށް ކިޔަވައިދޭ ބައިތައް އަމިއްލައަށްް ތަޖުރިބާކޮށް މައުލޫމާތު ހޯދުން ކަމަށެވެ. ޒުހުދާ އިތުރަށް ވިދާޅުވީ މިކުދިން މިފަދަ ދަތުރުތަކު ގެންދިއުމުން ވަރަށް އުފާވާކަމަށާއި ކިޔަވައި ނިމިގެންވެސް މިދާއިރާގައި މަސައްކަތް ކުރުމަށް ބައެއް ކުދިން ޝައުގުވެރިވާ ކަމަށެވެ.
މީގެ ކުރިން މިކުދިން ވަނީ ހޮޓެލް އިންޑްސްޓްްރީގެ މަސައްކަތްތައް ބަލާލުމަށްޓަކައި ހޮޓެލް ޖެންއަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މިފަހަރުގެ މި ކޮންސެޕްޓްއަކީ ތަފާތު ކޮންސެޕްޓެއް ކަމަށާއި ކުދިން މިކަހަލަ ތަފާތު ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާކަމަށްވެސް ޒުހުދާ ވިދާޅުވިއެވެ. މިދަތުރުގެ ސަބަބުން މާއްދާގެ ފިލާވަޅުތައް ދެނެގަތުމަށްޓަކައި އެކުދިންނަށް ވަރަށް ފަސޭހަވެގެން ދިޔަކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަހަލަ ތަޖުރިބާ ކޮށްލުމުގެދަތުރުތަކެއް ސަފާރީތަކަށް ކުރުމަށް ވިސްނަމުންދާ ކަމަށްްވެސް ވިދާޅުވިއެވެ.
advertisment
ހިޔާލު