ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 9ވަނަ އަހަރީ ދުވަަސްފާހަގަކުރުމުގެ ގޮތުން ބޭއްވި "ވެށި ސާފް" ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފޭސް 2ގެ ގޮނޑުދޮށް ވަަނީ ސާފުކޮށްފައެވެ. އެސަރަހައްދުން 50 ކަޅު ކޮތަޅުގެ ކުނި ސާފުކޮށްފައިވާއިރު މި ހަރާކާތުގައި 50އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގައި އެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި ލީޑަރސް ގްރޫޕްގެ މެންބަރުންގެ އިތުރުން ގޮފިތަކުގެ ހިންގާ ކޮމެޓީގެ މެންބަރުންވެސް ބައިވެރިވިއެވެ.

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ މި ހަރަކާތްކުރިއަށް ގެންގޮސްފައިވަނީ ކްލާސްތައް ކުރިއަށް ދިޔަ ވަގުތުކަމުން ބައެއްކަހަލަ ދަތިތައް ކުރިމަތިވިކަމަށެވެ. އެެހެންނަމަވެސް ގިނަ ކުދިން ކްލާސް ނިންމާފައި ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
މި ހަރަކާތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކްންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އެއްބާރުުން ލިބިފައިވާކަމަށް ދަރިވަރުންގެ ޔޫނިއަންއިން މައުލޫމާތުދެއެވެ.

ދަރިވަރުންގެ ޔޫނިއަންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރެއިން މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ ވަނީ ޓެލެންޓް ޝޯވއެއް ބާއްވާފައެވެ. އަދި އެ ޔޫނިއަންގެ ރަސްމީ ލަވަ އިފްތިތާހުކޮށް "ދަންމަރު"ގެ ނަމުގައިވަނީ މަޖައްލާއެއް ވަނީ ނެރެފައެވެ. އަދި މިމަހުގެ 11ގައި " އެކުވެރި މައިދާން " ގެ ނަމުގައި އާއިލީ ހަވީރެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
advertisment
ހިޔާލު