ސީއެޗްއެސްއީގެ ކެޕްޓަނަކަށް 12ސީގެ2 ގެ ދަރިވަރު ފާތިމަތު އިއާދާ ޝަރީފު ހޮވައިފިއެވެ.
ސީއެޗްއެސްއީގެ " ސްޓޫޑަންޓް އެގްޒެކެޓިވް ކޮމިޓީއަށް ހަ މެމްބަރުން އިންތިޚާބު ކުރިއެވެ. އިއާދާގެ އުތުރުން އެ ކޮމިޓީއަށް ޑިޕިއުޓީ ދެ ކެޕްޓަނުންނާއި ގޭމްސް ކެޕްޓަނަކާއި ޑެޕިއުޓީ ގޭމްސް ދެ ކެޕްޓަނުން އިންތިޚާބު ކުރިއެވެ.

ޑެޕިއުޓީ ކެޕްޓަނަށް ހޮވުނީ ގުރޭޑް 12ގެ އެސް8ގެ ސާއިން މުޙައްމަދު ރިފުއަތާއި، ގުރޭޑް 12ސީ 2ގެ ސާދާ އަބްދުލް ވާހިދެވެ.
ގޭމްސް ކެޕްޓަނަކަށް އިންތިޚާބު ކުރީ ގުރޭޑް 12އެސް 1ގެ އައިޝަތު މާނީ އިސްމާއިލެވެ. ޑެޕިއުޓީ ގޭމްސް ކެޕްޓަންކަމަށް އިންތިޚާބު ކުރީ ގުރޭޑް 12 ސީ5ގެ ދަރިވަރު މުޙައްމަދު ރީޝާން ރަޝީދާއި، ގުރޭޑް 12އެސް3 ގެ ދަރިވަރު މަރިޔަމް އިވާ އަޝްރަފެވެ.
advertisment
ހިޔާލު