މަޖީދިއްޔާ ސްކޫލްގެ 2019 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފުގެ ގޮތުގައި ދޭ ގޯލްޑް ސްޓަރ އެވޯޑް 10 ބީގެ މުޙައްމަދު މީކާއިލް ޔާސިރު ހޯދައިފިއެވެ.
ޔާސިރު ވަނީ އޯލެލްގެ ގައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނައިގައި ހިމެނިފައެވެ. އަދި އިކޮނޮމިކްސްއިން ދުނިޔޭގެ ގަދަ ދިހައެއްގެ ތިންވަނައިގައި ވެސް ހިމެނިފައެވެ. އަށް މާއްދާއިން ޑިސްޓިންކްޝަން ހޯދާފައެވެ.
އެންމެ މޮޅު ދެވަނަ ދަރިވަރުގެ ގޮތުގައި ސިލްވަރ ސްޓަރ ހޯދީ ގުރޭޑް 10 ޑީގެ ދަރިވަރު މުހައްމަދު ޔަމީން ޔޫޝައުއެވެ. އޭނާ ވަނީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި ހިމެނިފައެވެ.

ތިންވަނަ ދަރިވަރުގެ ގޮތުގައި ބްރޯންޒް ސްޓަރ ހޯދީ ގުރޭޑް 10 ބީގެ އަބްދުﷲ އަމިން އަލީއެވެ. އޭނާ ވަނީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ނުވަ ވަނައިގައި ހިމެނިފައެވެ.
މަޖީދިއްޔާ ސްކޫލުން 2019 ވަނައަހަރު 135 ދަރިވަރުން އޯލެވެލްގައި ބައިވެރިވިއެވެ. އޭގެ ތެރެއުން ފަސް މާއްދާއިން ފާސްވީ 56 އިންސައްތަ ދަރިވަރުންނެވެ. ގަދަ ދިހައެއްގައި 15 ދަރިވަރުން ހިމެނުނެވެ.
advertisment
ހިޔާލު