އެމްއެންޔޫއިން 4 ދިރާސާއަކަށް 8 ލައްކަ ރުފިޔާ އެވޯޑްކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހަތަރު ދިރާސާއެއް ކުރިއަށް ގެންދިއުމަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ އެވޯޑްކޮށްފިއެވެ.

މިއަދު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ރިސަރޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ވަރަށް ރަނގަޅު ދިރާސާތައް ލިބިފައިވާކަމަށެވެ. އަދި މި ހަތަރު ދިރާސާ އެވޯޑްކުރެވިފައިވަނީ ރިސަރޗް ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅި ހަ ދިރާސާގެ ތެރެއިންކަމަށެވެ. މިޕްރޮޕޯޒަލްތައް ޔުނިވަރސިޓީ ރިސަރޗް ގްރާންޓްސް ކޮމިޓީން ރިވިއު ކުރެއްވުމަށް ފަހު 4 ޕްރޮޕޯސަލަކަށް ޖުމްލަ 804250 (އަށްލައްކަ ހަތަރުހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ރިސާރޗް ގްރާންޓްސްގެ ގޮތުގައި ދޭން ނިންމާފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. ގްރާންޓް ލިބުނު ދިރާސާތަކުގެ ތެރޭގައި މަސްވެރިކަމަށް ބޭނުންވާ އެން ލިބޭނެ ސަރަހައްދުތައް ދައްކުވާދޭ ޗާޓެއް ހެދުމުގެ ދިރާސާއާއި ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކްއެއް ހެދުމުގެ ދިރާސާއާއި، ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް ހުރި މިންވަރު ބެލުމަށް ހެދޭ ދިރާސާ އަދި ޑިޖިޓަލް އަދި އޮންލައިން ވަސީލަތްތަކުގެ އެހީގައި ތައުލީމުގެ ދާއިރާ އެހެން ފަންތިއަކަށް ގެންދިއުމަށް ކުރާ ދިރާސާ ހިމެނެއެވެ.

ޤައުމީ ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސަރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން ރިސާރޗް ގްރާންޓް ދިނުމަށް ޔުނިވަރސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގްރާންޓް ލިބުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *