ފޯކައިދޫ ސްކޫލްގެ ސްޕޯޓްސް ވީކް ކުރިއަށް ގެންގޮސްފި

ށ. ފޯކައިދޫ ސްކޫލްގައި ސްޕޯޓްސް ވީކެއް ކުރިއަށް ގެންގޮސްފިއެވެ.

ސްޕޯޓްސް ވީކް ކުރިއަށް ދިޔައީ 6-8 އަށެވެ. މި ހަރަކާތުގައި އެ ސްކޫލްގެ ތިން ހައުސް ވަނީ ބައިވެރިވެފައެވެ. އެއީ އަމީރުއަމީން ހުރަވީ އަދި އިސްކަންދަރުއެވެ.

ސްޕޯޓްސް ވީކްގައި ކުރިއަށް ދިޔަ ބައެއް ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހޭންޑް ބޯޅަަ، ފުޓްބޯޅަ މުބާރާތެއްވެސް ހިމެނެއެވެ. ސީނިއަރ ހޭންޑް ބޯޅަ މުބާރާތުން އެއްވަނަ ހޯދީ އިހުސާނާއެވެ. ޖޫނިއަރ ހޭންޑް ބޯޅަ 2 ވަނަ މެޗުން އެއްވަނައަށް ދިޔައީ ހަސްނާ އަހުމަދެވެ. މިނީ ފުޓްސަލް 3 ވަނަ ހޯދީ ޒައިހާންއެވެ. އަދި ސީނިއާ ހޭންޑް ބޯޅައިން އެއްވަނަ ހޯދީ އައިޝަތު ވިދާދާއެވެ.

ޖޫނިއަރ ފުޓްސަލްއިން އެއްވަނަ ހޯދީ ރައީފު އަހުމަދުއެވެ. މިނީ ހޭންޑް ބޯލްގެ ކުއީން އޮފް ދަ މެޗްއަކީ ހުރަވީ ހައުސްގެ މާއިންއެވެ. މިނީ ފުޓްސަލްގެ ދެވަނަ މެޗްއިން އެއްވަނައަށް ދިޔައީ ހުސައިން ސުހާން ނަސީމްއެވެ. މިއަހަރުގެ ސްޕޯޓްސް ވީކްއަށްވެސް ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންނާއި ޓީޗަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ.

މި ފަހަރުގެ ސްޕޯޓްސް މީޓްގައި ސީނިއާ، ޖޫނިއާރސް އަދި މިނީ ޓީމްތައް ވަނީ ބައިވެރިވެފަވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *