އިމާދުއްދީން ސްކޫލްގައި ސްކައުޓް ލީޑާޒް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

އިމާދުއްދީން ސްކޫލްގެ ޕެޓްރޯލް ލީޑާރސް ކައުންސިލް (ޕީއެލްސީ)ން ލީޑަރސް ޓްރެއިނިންގ ވޯކްޝޮޕެއްގައި ކުރިއަށް ގެންގޮސްފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 3-6 އަށް އިމާދުއްދީން ސްކޫލްގައެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސުކޫލްގެ ލީޑިންގ ޓީޗަރ އަބްދުﷲ އަބްދުލް ކަރީމް ވިދާޅުވިީ މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ސްކައުޓް ލީޑަރުންނަކީ ފައިދާ ކުރުވަނިވި މައުލޫމާތު ލިބިފައިވާ އަދި ހުނަރާއި ގާބިލްކަން ހުރި ލީޑަރުންނަށް ހެދުމެވެ. އަދި ސްކައުުޓުންނަކީ ޓްރޫޕްތައް ބެލެހެއްޓުމުގައި ޒިންމާދާރު ބަޔަކަށް ހެދުމެވެ. ޖުމްލަ 9 ޕެޓްރޯލްް ލީޑަރސް ބައިވެރިވި މި ވޯކްޝޮޕްގައި 5 ސީނިއަރ ސްކައުޓުންގެ އިތުރުން އިއްޒުއްދީން ސްކޫލްގެ ދައުވަތު ދެވިފައިވާ 3 ސްކައުޓުން ހިމެނެއެވެ.

މި ވޯކްޝޮޕްގައި ޖުމްލަ 16 ސެޝަންއެއްް ފުރިހަމަކޮށްފައިވާއިރު މައިގަނޑު ހަތަރު ސެޝަންއެއް ވަނިީ ކުރިއަށް ގެންގޮސްފައެވެ. މި ވޯކްޝޮޕްގައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް  ޒުހޫދުލް ހައްގުވެސް ވަނީ ސެޝަނެއް ނަންގަވާދެއްވާފައެވެ. ހަމައެއާއެކު ލީޑިން ޓީޗަރ އަލީ އަބްދުލް ކަރީމްއާއި ބައެއް ލީިޑަރުންވެސް ސެޝަންތައް ނަންގަވާ ދެއްވާފައިވެއެވެ. އިމާދުއްދީން ސުކޫލުން އަންނަނީ އެހެން ސުކޫލްތަކުގެ ސްކައުޓުންނާއި ގުޅިގެން ސްކައުޓްގެ ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުންނެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *