ޅ.އަތޮޅު މަދަރުސާގެ ގާލްގައިޑްގެ އަހަރީ ކޭމްޕް ބާއްވައިފި

ޅ. އަތޮޅުު މަދަރުސާގެ ގާލްގައިޑުންގެ އަހަރީ ކޭމްޕް "ބިހައިންޑް ދަ މޫން" ބާއްވައިފިއެވެ.

މިއީ ކޮވިޑް-19 ހާލަތު ރަނގަޅުވުމަށްފަހު ގާލްގައިޑުންނަށް ބޭއްވި މިފަދަ  ފުރަތަމަ ހަރަކާތެވެ. ނ. ޅޮހީގައި މި މަހުގެ ފަސްވަނަ ދުވަހު ފެށުނު މި ކޭމްޕުގައި އެސްކޫލްގެ 31 ގައިޑުންނާއި 7 ލީޑަރުންނާއި 5 އޮފިޝަލުން އަދި 7 ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕްގައި ގާލްގައިޑުންނަށް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ.

މި ކޭމްޕްގެ ތެރޭގައި އަމިއްލައަށް އެކިއެކި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު އިސްނަގައިގެން ކަންކަން ކުރުމުގެ ރޫހު މި ކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ލީޑަރުން ވަނީ ގިނަ މަސައްކަތަކެއް ކުރައްވާފައެވެ. މިއީ މި ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގައިޑް އަހަރީ ކޭމްޕެކެވެ. މި ފަހަރުގެ މި ކޭމްޕަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ކޭމްޕެކެވެ. މި ކޭމްޕުން ދަރިވަރުނަންނަށް ގިނަ ކަންތައްތަކެއް އަަދި ގިނަ ހުނަރުތަކެއް ވަނީ ދަސްވެފައެވެ. އަދި މިއީ ދަރިވަރުންގެ އެއްބައިވަންތަކާއި ގުޅުން ބަދަހި ކުރުމަށް އެއްދަރިވަރަކު އަނެއް ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްވެސް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ. މި ކޭމްޕަށް ގައިޑުންނާއި، ލީޑަރުން، އަދި ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *