ކުޑަފަރީ ސުކޫލުން އިންޓަރ ހައުސް "ޕާރލޭ އެއަރ ޗެލެންޖް" ފަށައިފި

ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ސާފްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން/ ފޮޓޯ ނ.ކުޑަފަރީ ސްކޫލު

ޕާރލޭ މޯލްޑިވްސްއާއި ނ.ކުޑަފަރީ ސުކޫލް ގުޅިގެން އެ ސުކޫލުގެެ ހައުސްތަކުގެ މެދުގައި ޕާރލޭ އެއަރ ޗެލްންޖްގެ ހަރަކާތްތައް ފަށައިފިއެވެ.

މި ޗެލެންޖް ކުރިއަށް ގެންދިޔައީ އެ ސުކޫލްގެ ތިން ހައުސްގެ މެދުގައެވެ. އެއީ މަރުޖާނު ހައުސް، އަގީދާ ހައުސް އަދި ޔާގުތު ހައުސްއެވެ. މި މަހުގެ 30 ގެ ނިޔަލަށް ސާފުކުރުމުގެ މި ޕްރޮގްރާމްގެ ހަރަކާތަތްތަށް ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ސާފުކުރަން ހަމަޖެހިފައިވާ ސަރަހައްދު ނުވަތަ ސޯޯޝަލް އޭރިއާ މިހާރުވަނީ އެއްކޮށް ސާފުކޮށް ނިންމާފައެވެ.

އެސުކޫލުގެ ލީޑިންގ ޓީޗަރ ރަހުމަތުﷲ އަބްދުލް މުހުސިން ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ ކުދިންގެ ހިތްތަކުގައި ތިމާވެއްޓަށް އޮތް ލޯބި އިތުރުކުރުމާއި އަދި އެކުދިން އުޅޭ މާހައުލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި އޮންނަން ޖެހޭ ތަނެއްކަން އަންގައިދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.

ހަމައެއާއިއެކު އެރަށު ކައުންސިލުންވެސް ރަށް އަބަދުވެސް ސާފުކޮށް ބޭއްވުމަށްޓަކައި ވަކި ޓާގެޓެއް އޮންނަ ކަމަށާއި އެހެންކަމުން މިހަރަކާތަކީ ކައުންސިލްގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ހަރަކާތެއްކަމަށް ލީޑިން ޓީޗަރ މުހުސިން ވަނީ ވިދާޅުވެފައެވެ. ޕާރލޭ މޯލްޑިވްސްއަކީ ރާއްޖޭގައި ތިމާވެއްޓަށް ރައްޔިތުންނާއި ސުކޫލް ކުދިން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ތިމާވެށީގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ހަރަކާތަތަކެއް އަންނަނީ ރާވައި ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *