ސެޓެލައިޓް ސުކޫލްތައް ގާއިމްކުރުމުގެ މަސައްކަތް ފަސްކޮށްފި

ސެޓެލައިޓް ސްކޫލެއް އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވަނީ. ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ސެޓެލައިޓް ސުކޫލްތައް ހުޅުވުމުގެ މަސައްކަތް އަންނަ ޓާމަށް ފަސްކޮށްފިއެވެ.

އަންނަ ޓަރމަށް ފަސްކޮށްފައި ވަނީ މިއަހަރު ކިޔެވުމަށް އެހާ ގިނަ ދުވަހެއް ނެތުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމްއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން މިގޮތަށް ނިންމީ މިއަހަރު ކުދިންގެ ކިޔެވުމަށް އޮތީ ވަރަށް މަދު ދުވަސްކޮޅަކަށްވުމާއި މި ޓާމް ވެސް ނިމޭތީކަމަށެވެ.

ސެޓެލައިޓް ސުކޫލްތައް ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ  ބ.ފެހެންދޫ، ވ.ރަކީދޫ އަދި ވ. ތިނަދޫގައެވެެ. މޫސަ އިތުރަށް ވިދަޅުވެފައި ވަނީ ސެޓެެލައިޓް ސުކޫލްތައް ހުޅުވުން ލަސްކުރިނަމަވެސް އަދި ހުޅުވާނެ ވަކި ތާރީހެއް ކަނޑަައެއް ނާޅާކަމަށެވެ. މިހާރު މި ސުކޫލްތައް ހުޅުވާނެ ތާރީހަކާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ތިނަދޫއާއި ރަކީދޫގައި ސެޓެލައިޓް ސުކޫލް އެޅުމަށް ހަވާލުކޮށްފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ރަކީދޫގެ ސުކޫލް ހެދުމަށް ހަވާލުކޮށްފައި ވަނީ ކޭޑީ އެންޓަރޕްރައިސަސް އާއެވެ.

ސެޓްލައިޓް ސުކޫލް ހަދަނީ ދަރިވަރުން މަދު ސުކޫލްތަކުގައެވެ. މި ސުކޫލްތަކަށް ކުދިން ހާޒިރުވެގެން ކިޔަވަމުންދާއިރު، ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ހުނަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މިސުކޫލްތަކުގެ ދަރިވަރުންނަށް އެހެން ސުކޫލްތަކުގެ ދަރިވަރުންނާއި ގުޅިގެން އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *