ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބައި ނިމިއްޖެ

ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ/ ކުޑަފަރީ ސްކޫލުު

ނ. ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބައި އިއްޔެ ނިމިއްޖެއެވެ. އެ ސްކޫލުން ވަނީ ކުޑަފަރީ ކައުންސިލާއި އެރަށު ހެލްތް ސެންޓަރުގައި ގަސް އިންދާފައެވެ.  އެ ރަށާ ކައިރި ރިސޯޓްތަކުގެވެސް އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އިއްޔެ އިންދާފައިވަނީ 100އެއްހާ ފެންފޯއްރުއްކަމަށް ނ. ކުޑަފަރީ ސްކޫލުގެ ސީނިއަރ ލީޑިންގ ޓީޗަރ ރަޙްމަތުﷲ އަބްދުލް މުޙްސިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބައި އަންނަ ހަފްތާތެރޭގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، އެކަމަށްޓަކައި ޖާފާނު ރުށް ތައްޔާރުކޮށްފައިވާކަމަށްވެސް ރަޙްމަތުﷲ އަބްދުލް މުޙްސިން ވިދާޅުވިއެވެ. ގާތްގަނޑަކަށް 108 ރުއް އިންދުމަށް ހަމަޖެހިފައިވަނީ އެރަށުގައި އަލަށް ހެދި މަގު ސަރަހައްދުގައެވެ.

ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ/ ކުޑަފަރީ ސްކޫލުު

އެ ސްކޫލަށް ފެންފޯއްރުށްތައް ލިބިފައިވަނީ ރަށުންނާއި ރަށުން ބޭރުންގެ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައެވެ. ނަމަވެސް ޖާފާނުރުއްތަކަކީ އެ ސްކޫލުގައި ހުރި ރުއްތަކުން މުޑުވަށްކޮށްފައިވާ ރުއްތަކެކެވެ. މީގެ ކުރިން ބަނދަރު ސަރަހައްދުގައި ދިވެހި ކަށިކެޔޮގަސް ހައްދާފައިވާއިރު ރަށުން ބޭރުން އަންނަ އެކި ސްކޫލުތަކުގެ ޓީމްތަކަށާއި ސްކޫލަށް ޒިޔާރަތްކުރާ ބޭފުޅުންނަށް ސްކޫލުތަކުގައި އިންދުމަށް ހަދިޔާ ކުރާ އެކިކަހަލަ ގަސްގަހާގެހި އަބަދުވެސް ހުންނާނެކަމަށް ސީނިއަރ ލީޑިންގ ޓީޗަރ ރަޙްމަތުﷲ އަބްދުލް މުޙްސިން ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް ބޮޑަށް ބަލަނީ ބޭނުންކުރެވޭ ގަސްތަކަށްކަމަށްކަމަށްވެސް ވިދާޅުވިއެވެ.

ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ/ ކުޑަފަރީ ސްކޫލުު

އެރަށުގެ އެކި ސަރަހައްދުތަކުގައި އިންދާ ގަސްތައް ބަލަހައްޓާނީ އެ ޕްރޮގްރާމަކާ ގުޅޭ ދަރިވަރުންނާއި މުއައްޒަފުންނެވެ. ކުޑަފަރީ ސްކޫލުން އަބަދުވެސް ގަސް އިންދުމުގެ ޕްރޮގްރާމްތަކަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެއް ޕްރޮގްރާމް ނިމެންވާއިރަށް އަނެއް ޕްރޮގްރާމަށް ތައްޔާރުވެފައިވާއިރު މިހާރު ކުރިއަށްދަނީ ރަށުގެ ހޭޅި ފަށުގައި ޖަހާނެ ގަސްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. އަދި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުން ގިނަ ގަސްތަކެއް ނެގުމާ ގުޅިގެން، އެ އިމާރާތް ނިމެންވާއިރަށްވެސް ގަސްތައް އިންދުމަށް ވަނީ ތައްޔާރުވެފައެވެ.

ކުޑަފަރީ ސްކޫލުން ކުރިއަށްގެންދާ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ/ ކުޑަފަރީ ސްކޫލުު

އަބަދުވެސް ފެހި، ތިމާވެއްޓާ ރައްޓެހި ސްކޫލެއްގެ ގޮތުގައި މަސައްކަތްކުރާ ކުޑަފަރީ ސްކޫލުން ގަސްއިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2017އިން ފެށިގެންނެވެ. އެ ސްކޫލުގައި 170 ދަރިވަރުން މިވަގުތު ތަޢުލީމް ހާސިލްކުރަމުންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *