" ފަހި އެމްއެންޔޫ" ގެ ނަމުގައި ގައުމީ ޔުނިވަރސިޓީގެ ދޮރު ސްކޫލްތަކުގެ ދަރިވަރުންނަށް ހުޚުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަސައްވުރާ އެއްގޮތަށް, ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ, ސިކުނޑި ހުޅުވިފައިތިބި، ބިނާ ކުރުވަނިވި، ޚިދުމަތްތެރި، އަނެކުންނާ ދޭތެރޭ ވިސްނާ، އަމިއްލަ އަށް އިސްނަގައިގެން ގައުމު ބިނާކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.
ހުސްވި އަންގާރަ ދުވަހު ފެށި މި ޕްރޮގްރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީން ދެމުން ގެންދާ ޚިދުމަތްތަކާއި ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ގުރޭޑް އަށަކުން ފެށިގެން މަތީގެ ދަދިވަރުން އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރާނެއެވެ. މި ޒިޔާރަތުގެ ތެރެއިން އެ ދަރިވަރުންނަށް ކެރިއަރ ގައިޑަންސްގެ ޚާއްޞަ ސެސަންޓަކެއް ކުރިއަށް ގެންދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ކޮންމެ ހަފްތާއެއްގައި ވެސް ސިސްލާގޮތެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު، ޔުނިވަރސިޓީއަށް ފުރަތަމަ ޒިޔާރަތްކުރީ ސީއެޗްއެސްއީގެ ދަރިވަރުންނެވެ. އޭގެ ފަހުން ސާނަވީއަށް ކިޔަވައިދޭ ބާރަ ސްކޫލެއްގެ ދަރިވަރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ޤައުމީ ޔުނިވަރސިޓީއަށް ގޮސް، އެ ޔުނިވަރސިޓީގައި ހުރި ފުރުޞަތުތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ހޯދާނެއެވެ. އަދި މި ދަރިވަރުންނަށް ވަކިވަކި ފެކަލްޓީތައް ދައްކާލުމާއި، ކެރިއަރ ގައިޑެންސް ސެސަންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަހައްދު ތަކަށް ވެސް މި ޕްރޮގްރާމް ފުޅާކުރަން ޤައުމީ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު