އޮޅުވެލިފުށި ސްކޫލްގެ 46 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި

ޅ. އޮޅުވެލިފުށި ސްކޫލްގެ 46 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް އެ ސުކޫލްގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އެ ސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އިސްމާއީލް ދަރިވަރު ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުދިންގެ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުން މިއަދު ކުރިއަށް ގެންދިޔައީ އެސުކޫލްގެ ސްޓާފް ކާޑު ތައާރަފް ކުރުމެވެ. އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އަހަރީ ދުވަހުގެ ހަރަކާތްތައް އެކި ދުވަހަށް ބަހަލައިގެން ކުރއަށް ގެންދާނެކަމަށެވެ.

އޮޅުވެލިފުށި ސްކޫލްގައި ދުވިސައްތައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *