ށ. ގޮއިދޫ ސްކޫލްގައި ދަރިވަރުންނަށް ޚާއްސަ ނަމާދު ކޭމްޕެއް ބާއްވައިފިއެވެ.
ހަފްތާއަކަށް ކުރިއަށްް ގެންދިޔަ މި ކޭމްޕްގައިި އެސްކޫލްގެ ހުރިހާ ގްރޭޑެެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އިސްލާމްް އެންޑް ޤުރުއާން ކްލަބުގެ ފަރާތުން ކުރިއަށް ގެންދިޔަ މި ކޭމްޕް އެސްކޫލްގައި ކުރިއަށް ގެންގޮސްފައިވަނީ ކީ ސްޓޭޖް ވަކިންނެވެ.
މި ޕްރޮގްރާމްގެ ދަށުން "ނަމާދު- ލޮލުގެ ފިނިކަން" މި ޝިޢާރުގެ ދަށުން ދަރިވަރުންނަށް ޕޯސްޓަރެއް ހެދުމަށް ހަވާލުކުރެވިފައިވެއެވެ. މި ޕޯސްޓަރުގައި ހިމެނޭނީ ނަމާދާ ގުޅޭ އާޔަތެއް، ހަދީޘެއް އަދި ހިކުމަތަތްތެރި ބަހެކެވެ.
އެ ސުކޫލްގައި މިއަހަރު ފެށުނުއިރު ހުރިހާ ދަރިވަރުންނަށް ވަނީ ނަމާދުގައި ކިޔާ ތަކެތި ދަސްކުރަން ދީފައެވެ. މި ކޭމްޕްތެރޭގައި ނަމާދުގައި ކިޔާ ތަކެތި ވަނީ ކިއުއްވާފައެވެ.
މި ކޭމްޕްގައި ޕްރެޒެންޓޭޝަނުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާއިރު އަމަލީގޮތުން ހަރަކާތާއިއެކު ނަމާދު ކުރާނެ ގޮތް ކިޔައިދީ، މިސްކިތުގެ އަދަބުތަކާއި ގުޅޭގޮތުންވެސް ވަނީ ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން އެސްކޫލްގެ އިސްލާމް އެންޑްް ޤުރުއާން ކްލަބްގެ ކޯޑިނޭޓަރ އާމިނަތު އިލްހާމާ ވިދާޅުވީ މި ކޭމްޕްގެެ މައިގަނޑު މަގްސަދަކީ ކުދިން ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ނަމާދުގައި ހެދޭ ގޯސްތައް ކުދިންނަށް އަންގައިދިނުންކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި ކޭމްޕަށް ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުން އަދި މެނޭޖްމެންޓްގެ ވަރަށް ބޮޑު އެއްބާރުލުން ލިބިގެން ދިޔަކަން އެ ސްކޫލުން ފާހަގަކުރެއެވެ.
advertisment
ހިޔާލު