އިސްކަންދަރު ސުކޫލްގެ 2020 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ޒައުލް އަޒުމީލް ހޮވައިފިއެވެ. އޭނާ އަކީ 2020 ވަނަ އަހަރު އެ ސްކޫލްގެ ކެޕްޓަނެވެ. އަށް މާއްދާއިން އޭ ސްޓަރ ހޯދައި، އޭނާ ވަނީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ފަޚުރިވެރި އެއްވަނަ ހޯދާފައެވެ. އަދި ފާއިތުވި އަހަރު އިސްކަންދަރު ސްކޫލްގެ ގަދަ ފަހެއްގެ އެއް ވަނަ ވެސް ޒައުލްއަށް ލިބިފައިވެއެވެ.
އިސްކަންދަރު ސްކޫލްގެ އެންމެ މޮޅު ތިން ދަރިވަރުންގެ ތެރެއިން ދެވަނަ ލިބުނީ އިބްރާހިމް ތާމިން މުޙައްމަދަށެވެ. ތާމިންއަކީ ފާއިތުވި އަަހަރު ޑެޕިއުޓީ ކެޕްޓަނެވެ، ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ލިބިފައިވެއެވެ،
ތިންވަނަ ލިބުނީ އައިޝަތު އިފާ ނަސީރަށެވެ. އިފާއަކީ 2020 ވަނަ އަހަރު ސްކޫލް ޑެޕިއުޓީ ކެޕްޓަނެވެ، އަދި ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ވެސް އިފާ ވަނީ ހޯދާފައެވެ.
ރޭ އިސްކަންދަރު ސުކޫލް ހޯލްގައި ބޭއްވި މިޖަލްސާގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ ހުސެއިން ރަޝީދު އަހުމަދެވެ. އަދި މި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑަައިގެންފައެވެ.
އިސްކަންދަރު ސްކޫލުން 2020 ވަނަ އަހަރު 192 ދަރިވަރުން ޖީސީއީ އޯލެވެލްގައި ބައިވެރިވެ 44 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި ހަ ދަރިވަރަކަށް ދުނިޔޭގެ ފެންވަރުގައިި ނުވަ އެވޯޑް ލިބިފައިވެއެވެ.
advertisment
ހިޔާލު