ދަރުމަވަންތަ ސްކޫލްގައި ލީޑަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ އެސުކޫލްގެ އެންމެ އިސް މަގާމްތަކާ ހަވާލުވި ދަރިވަރުންގެ ކިބައިގައި، އިސްނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު އަށަގެންނެވުމުގެ ގޮތުން މިއަހަރުު ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި އެ ސްކޫލްގެ 30 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މިއީ 5 ސެޝަންއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ތިން ގަޑިއިރުގެ މި ޕްރޮގްރާމް ކުރިއަށް ގެންދެވީ އެސުކޫލްގެ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްްރިންސިޕަލް އަދި ލީޑިންގ ޓީޗަރުންނެވެ.
އެ ސުކޫލްގެ ޕްރިފެކްޓް އިންޗާޖް ލީޑިންގް ޓީޗަރ އައިމިނަތު އަދީލާ ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ދިޔައީ 5 ސެޝަނަކަށް ބަހާލައިގެންކަމަށާއި އޭގެ ތެރޭގައި އިސްލާމީ ތާރީހުގެ އަލީގައި ލީޑަރޝިޕް، ސްޓޫޑަންޓް ލީޑަރޝިޕް، ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް އަދި ޓީމް ބިލްޑިންގ ހިމެނޭކަމަށް ވިދާޅުވިއެވެ.
ލީޑިންގް ޓީޗަރ އަދީލާ އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކަށް ސްކޫލް މެނޭޖްމަންޓާއި ދަރިވަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ.
advertisment
ހިޔާލު