ސްކޫލްތަކުގެ ކުދިނަށް ޖިންސީ އަނިޔާ ދިނުމުގެ ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ މިސަރުކާރު އައިފަހުން ޖިންސީ ގޯނާގެ 40 މައްސަލައެއް ރިޕޯޓްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި މީގެ ތެރެއިން 30 މީހަކު މިހާރު ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލުތަކުގައި މިފަދަ މައްސަލަތައް ބަލައި ރިޕޯޓް ކުރުމަށް ހާއްސަ އޮފިސަރަކު ހުންނާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ އެކަމެއް ވަގުތުން ކަމާބެހޭ ހުރިހާ އިދާރާތަކަށް ހުށަހަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލުތަކުގައި ޖިންސީ އަނިޔާގެ ހަތް މައްސަލައެއް މިހާރު ބަލަމުން ދާއިރު އެކަމާ ގުޅުންހުރި މީހުން މިހާރުތިބީ ވަޒީފާއިން އެކަހެރިކޮށްފައިކަމަށެވެ.
"އަޅުގަނޑު ބެލިވެރިންނަށް ޔަގީންކަން މިއަރުވަނީ މިފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް ކަންތައްތައް ތަރުތީބު ކުރަމުން މިދަނީ
އަދި މިކަންކަން ތަރުތީބު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައްވެސް އަޅަމުން މިދަނީ" މިނިސްޓަރ
މިނިސްޓަރ މި މައުލޫމާތުތައް މަޖިލީހާ ހިއްސާ ކުރެއްވީ ގަލޮޅު މަދަރުސާގައި ދަރިވަރަކަށް ޖިންސީ އަނިޔާ ލިބުނު މައްސަލައެއްގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ގަލޮޅު މަދަރުސާގައި ހިނގި މިހާދިސާއަށް ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެދި ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވަނީވެސް ގަލޮލު މަދަރުސާގެ ފަރާތުންނެވެ. މިނިސްޓަރ ވިދާޅުވި މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ މައްސަލަތަކެއް ކަމަށެވެ. އަދި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށާއި އެއީ ގާނޫނު ލާޒިމު ކުރާކަމެއް ކަމަށެވެ.
advertisment
ހިޔާލު