ނާސްތާ ޕްރޮގްރާމަށް 135 މިލިއަން ރުފިޔާ ކަނޑައަޅައިފި

ނާސްތާ ޕްރޮގްރާމް

ކޮވިޑް19އާ ގުޅިގެން މަޑުޖައްސާލާފައިވާ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން އަންނަ އަހަރުގެ ބަޖެޓްގައި 135 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާ ބަޔަކަށް ހެދުމަށް ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރު ހުރިހާ ސްކޫލެއްގެ ނާސްތާ ޕްރޮގްރާމް ފެށި ނަމަވެސް، 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމަށްފަހު، ސްކޫލްތައް ބަންދުކުރި ފަހުން އެ ޕްރޮރާމް ކުރިއަށް ނުގެންދެއެވެ. ދިރާސީ އާ އަހަރާއެކު ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަނީ ރައްކާތެރި ކަމުގެ ގޮތުން ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.

ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ތައުލީމަށް 4.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *