އަންނަ އަހަރު ތަޢުލީމަށް ކަނޑައެޅި ބަޖެޓަކީ 4,067 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވާފައެވެ.
ތައުލީމުގެ ބަޖެޓްގައި، ފަށާ ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,117 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 949 މިލިއަން ރުފިޔާ މަތީ ތައުލީމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައެވެ.
ތައުލީމަށް ކުރާ ޚަރަދަށް ބަލާއިރު، މީގެ ބޮޑު އިންސައްތައަކީ އަތޮޅުތެރޭގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް ހިންގާ މަޝްރޫއުތަކުގެ ޚަރަދާއި ޕްރައިމަރީ އަދި ސާނަވީ ތައުލީމުދޭ ސްކޫލުތައް ގާއިމުކޮށް މި ސްކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ސްކޫލުތައް އިތުރަށް ތަރައްގީކުރުމަށް ކުރާ ޚަރަދާއި އިންސާނީ ވަސީލަތްތަކަށް ކުރާ ޚަރަދެވެ. މިއާއެކު މާލެ އަދި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު ސްކޫލްތަކުގެ ޚަރަދުވެސް މި ބައިގައި ހިމަނައިފައިވާނެއެވެ. ހަމައެހެންމެ، ސަރުކާރުން ހިންގާ ސްޓޫޑަންޓް ލޯން ސްކީމް އަދި އެހެނިހެން ސްކޮލަރޝިޕްތަކުގެ އިތުރުން ދިވެހި ވަރކްފޯސްގެ ސްކިލްސް އިތުރުކުރުމުގެ ގޮތުން ހިންގާ އެކި ހަރަކާތްތަކުގެ ޚަރަދުވެސް މި ބައިގައި ހިމަނައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން 2022ގައި ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ ހުޅުމާލޭގައި ގާއިމުކުރާ ސްކޫލްތަކަށެވެ. ޢަމަލީ މަސައްކަތް ފަށައިފައިވާ ސްކޫލަށް 9.9 މިލިއަން ރުފިޔާގެ އިތުރުން ހުޅުމާލޭގައި އަލަށް ގާއިމުކުރާ 4 ސްކޫލަށް 6.19 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބުނެފައިވެއެވެ.
ސްޓޭޓް އޮފް ދި އަރޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމުކުރުމުގެ މަޝްރޫއުތަކަށް 5.19 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މީގެ ތެރޭގައި ހދ.ކުޅުދުއްފުށި، ޏ. ފުވައްމުލައް، 111 1 ރ.އަލިފުށި އަދި ހުޅުމާލޭގައި ގާއިމުކުރާ އިންސްޓިޓިއުޓްތައް ހިމެނެއެވެ. ހަމައެހެންމެ ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީ ބީ ބްލޮކް (ކޮންޓްރެކްޓަރ ފައިނޭންސް) އަށް ދައުލަތުގެ ބަޖެޓުން 0.5 މިލިއަން ރުފިޔާ އަދި ދަރުމަވަންތަ ސްކޫލު އިމާރާތްކުރުމަށް 3.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
advertisment
ހިޔާލު