މިދިޔަ އަހަރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ އޭލެވެލްގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރަސަލް ތަސްލީމް ހޮވިއްޖެއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އަހުމަދިއްޔާގެ އެންމެ ކާމިޔާބު ދަރިވަރުގެ ގޮތުގައި ވެސް ހިމެނިފައެވެ.
ރަސަލް ވަނީ 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސްއިން ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހޯދާފައެވެ. އަދި އެކައުންޓުން މުޅި ދުނިޔޭގެ ތިންވަނަ އޭނާ ވަނީ ހޯދާފައެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އަހުމަދިއްޔާގެ މަތީ ސާނަވީގެ ގަދަ ދިހައެއް ވަނީ ހޮވާފައެވެ. ގަދަ ދިހައަކަށް ހޮވުނީ:
1- އަހުމަދު ރަސަލް ތަސްލީމް (12އެލް)
2ފާތިމަތު މާޔާ ނަސްރުﷲ (12ޖޭ)
3- މުހައްމަދު ހަމްދާން އަހުމަދު (12އެލް)
4- އަހުމަދު އަޝްއަމް އާދިލް (12އެލް)
5- މުހައްމަދު އައިލަމް ހުސައިން (12ޖޭ)
6- ފާތިމަތު މިދުހާ (12ކޭ)
7- ފާތިމަތު ޝަރާ އަހުމަދު (12ޖޭ)
8- އަހުމަދު އަލާން – 12 އެލް)
9- މަރިޔަމް ޖޫނާ (12އޭ)
10- އައިޝަތު އާނާ ސައީދު (12ބީ)
advertisment
ހިޔާލު