ދިވެިރާއްޖެއަކީ ޕްލާސްޓިކް ފްރީ ގައުމަކަށް ހެދުމަށްޓަކައިއެކި އެކިސަރުކާރުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގެ މިނާޒުކު ތިމާވެއްޓަށް އެންމެ ބޮނޑު އަސަރުކުރުވާ އެކައްޗަކީ ޕްލާސްޓިކްއެވެ.
މި ކުޑަ ކުޑަ ނާޒުކް ދިވެހިރާއްޖެ މިވަނީ ޕްލާސްޓިކްގެ ހޮހޮޅައަކަށް ވެފައެވެ. ކަން މިހެން އޮތްއިރު އަޅުގަނޑުމެންގެ ތިމާވެއްޓާއި ދޭތެރޭ ފިކުރު ކޮށް ނަޒަރު ހިންގާލަނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބައެކެވެ. އެހެންނަމަވެސް ޕާލޭ މޯލްޑިވްސގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުންނެވެ. އެ ގޮތުން ދާދި ފަހުން ޕާލޭގެ ފަރާތުން ފ މަގޫދޫ ސްކޫލްގައި ސާފުކުރުމުގެ ހަރަކާތެއް މިވަނީ އެސުކޫލްގެ އެލްކޭޖީއިން ފެށިގެން ގްރޭޑް 10ގެ ދަރިވަރުނަނަށް ހިންގާފައެވެެ. ޕާލޭ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ރަށްރަށުގައިި ޕުލާސްޓިކް ރިސައިކަލް ކުރުމާއި ޕުލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ.
ފ މަގޫދޫ ސްކޫލް ގެ އެޑްމިނިސްޓްްރޭޓަރ ޝަހުލާ ދަރިވަރު އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ސާފުކުރުމުގެ ހަރަކާތުގައި ބެލެނިވެރިންނާ ޓީޗަރުންނާއި އަދި ސްކޫލްގެ ސީނިއާ މެނޭޖްމަންޓް ބައިވެރިވެފައިވާކަމަށެވެ". މި ފަރާތުން ވަނީ ސުކޫލްގެ ދަރިވަރުނާއި ސްކޫލްގެ މުއައްޒަފުންގެ އިތުރުން ބެލެނިވެރިންނަށްވެސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިސެޝަންތައް ކުރިއަށް ގެންދިޔައީ ސްކޫލާއި ކައުންސިލް އާއި ބެލެނިވެރިން ގުޅިގެންނެވެ. އަދި އެކި ސެޝަންތައް ކުރިއަށް ގެންދިޔައީ އެކިގަނޑިތަކަށް ބަހައިލައިގެންނެވެ. އަދި އެސުކޫލްގެ ސްޓޫޑަންޓް އެސޯސިއޭޝަންއާއި ތިމާވެށި ކުލަބަށް ވަނީ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މިސެޝަންތަކުގައި ދަރިވަރުންނަށް ލިބިގެންދިޔަ މައުލޫމާތުތަކުގެ ތެރޭގައި އެކޯސިސްޓަމް ޑައިިވާސިޓީ ގެ މައުލޫމާތާއި ގަސް އިންދުމާއި ގުޅޭގޮތުގެ މައުލޫމާތު ދަރިވަރުންނަށް ލިބިގެން ދިޔައެވެ.
މިފަރާތުން ހަތަރު ދުވަހުގެ މުއްދަތައް އެރަށުގައި ހަރަކާތްތައް ކުރިއަށްދާއިރު މިހާރުވެސް އެރަށުގައި ޕާލޭގެ ފަރާތުން އެރަށު ކައުންސިލްއާއި ރަށުގެ އެކި އެކި ޖަމިއްޔާތަކާއި ގުޅިގެން ފޮތި ކޮތަޅު ނުވަތަ ތިމާވެއްޓައި ރަށްޓެހި ކޮތަޅު ތައްޔާރު ކުރުމުގެ ޕޮރޮގްރާމެއް ކުރިއަށް އެބަދެއެވެ. ހަމައެއާއިއެކު ޕާލޭގެެ ފަރާތުން ރަށުގެ ގޮނޑުދޮށާއ ި،ހޭޅިގައި ހުރި ތަފާތު ބާވަތްތަކުގެ ކުނި ބުނިތައް ހޮވާ މެނޭޖް ކުރާނެ ގޮތްތަކާއި ޕްލާސްޓިކް ރީސައިކަލް ކުރާނެ ގޮތުގެ މައުލޫމާތު އެކި އެކި އިދާރާތަކުގެ މުއައްޒަފުންނަށާއި އާއްމުންގެ ގިނަ ފަރާތްކަށް ވަނީ ފޯރުކޮށްދީފައެވެ.
advertisment
ހިޔާލު