އިމާދުއްދީން ސްކޫލްގެ ސްކައުޓުންނާއި ރޯވަރ ސްކައުޓުން އިސްނަގައިގެން "ސްކައުޓް އިގްނައިޓް" ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.
މިއީ ދެ ދުވަހުގެ މުއްދަތަށްް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އެސުކޫލުގެ 30 ދަރިވަރުން ބައިވެރިވިއެވެ. މި ހަރަކާތަކީ ކުދިންގެ ހުނަރު ތަރައްގީ ކުރުމަށް އެކި އެކި ގޫރޫޕް ތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އިމާދުއްދީން ސުކޫލްގައި 3 ސެކްޝަނެއް އޮވެއެވެ. އޭގެ ތެރޭގައި ކަބްސްކައުޓް، ސްކައުޓް އަދި ރޯވަރ ސްކައުތް ހިމެނެއެވެ. އެސުކޫލްގައި ކޮންމެ އަހަރަކުވެސް އަލަށް ސުކައުޓުުން ނަގާނެއެވ.ެ ސުކައުޓުންް ނަގާނީ ގްރޭޑް 2ކުން ފެށިގެންނެވެ.
އިމާދުއްދީން ސްކޫލްގެ ސްކައުޓް ހަރަކާތްތަކާއި ހަވާލުވެ ހުންނަވާ ލީޑިންގް ޓީޗަރ އަލީ އަބްދުލް ކަރީމް ދަރިވަރު އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިމާދުއްދީން ސުކޫލަކީ އަބަދުވެސް ސުކައުޓް ހަރަކާތްތައްް ހިންގާ ސުކޫލެއްކަމަށާއި އަދި މި ސުކޫލުން ކިޔަވައި ނިމިގެން ނުކުންނަ ދަރިވަރުންނަށްވެސް އެހެން ސުކޫލްތަކުގައި ރޯވަރ ސުކައުޓުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް އަތޮޅު ތެރޭގެ ސްކޫލަކާއި ގުޅިގެން ސްކައުޓް ކޭމްޕެއް ބާއްވައެވެ. މީގެ އިތުރުން ކަރީމް ވިދާޅުވީ 17 ސްކޫލެއްގައި ސްކައުޓް ހަރަކާތްތައް ހިންގުމުގެ އެހީތެރިކަން ފޯރުކޮށްދީފަ ވާނެ ކަމަށާއި އަދި އިތުރަށް ސްކައުޓް ހަރަކާތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވެސް އެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ،
އަދި ޕެންޑަމިކްގެ މިހާލަތަށްފަހު ދަރިވަރުންނަށް ސުކައުޓްގެ ތެރެއިން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުން ދަރިވަރުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ، އަދި ސުކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފަރާތުން މި ކޭމްޕަށްވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
advertisment
ހިޔާލު