22 ދަރިވަރުންނާއެކު މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.
ހުޚުމާލޭގައި މިއަދު ހުޅުވި 750 ދަރިވަރުންގެ ޖާގައިގެ މި ސްކޫލަކީ ޕްރީ ސްކޫލް އުމުރުފުރައަށް ޚާއްޞަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިންގާ ފުރަތަމަ ސްކޫލެވެ.
ހަ މުދައްރިސުން މި ސްކޫލްގައި މަސައްކަތް ކުރަމުންދާއިރު، ޕްރިންސިޕަލަކީ ހަދީޖާ ހުސައިނެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތް ކުރި މި ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ އެޗްޑީސީން ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މި ސްކޫލަށް ވައްދާ ދަރިވަރުންގެ ޔުނިފޯމްގެ ގޮތުގައި، މިހާރު ދަރިވަރު ކިޔަވަމުންދާ ސްކޫލްގެ ޔުނިފޯމް މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ބޭނުންކުރެވޭނެއެވެ. ނޫނީ އެ ސްކޫލްގެ ޔުނީފޯމް ބޭނުން ކުރެވޭނެ އިންރިޒާމް ވަނީ ހަމަޖައްސާފައެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިންގ ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަރ ރޫމެއް ހުރެއެވެ.
ކެމްޕެއިން ޖަގަހައެއްގެ ގޮތުގައެވެ.
advertisment
ހިޔާލު