ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ކިޔެވުން މާދަމާ ފަށަނީ

މުޙައްމަދު ގާސިމް ޕްރީ ސްކޫލް
މުޙައްމަދު ގާސިމް ޕްރީ ސްކޫލް: ހަމައެކަނި ޕްރީ ސްކޫލެއްގެ ގޮތުގައި ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ސްކޫލް

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު، ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 10 ޖަހާއިރު އެ ސްކޫލް ހުޅުވުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް ސަރުކާރުން ހިންގަން ނިންމައި، އެ ސްކޫލަށް ބޭނުންވާ ވަޞީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގާއިމް ކޮށްފައެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރާ އިންވެގެން ހަދާފައި ހުރި ދިހަ ކުލާސްރޫމްގެ އެ ސްކޫލަކީ އަމިއްލަ ފަރާތަކުން ހަދިޔާކުރި ސްކޫލެކެވެ. އެ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ 2019 އަހަރުގެ ޖެނުއަރީ 17ގައެވެ.

އަމިއްލަ ފަރާތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް ފުރުޞަތު އޮތީ ހުޅުވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

ސްކޫލުގެ ދަންފަޅިތައް ހަމަޖެހިގެންދާނީ ގްރޭޑުތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތަށް ބެލުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *