ބަހްރިޔާ އުނިވަރސިޓީގެ އިންޓަނޭޝަނަލް މޫޓް މުބާރާތުގައި އައިޔޫއެމްގެ ދަރިވަރުން ތަފާތު ދައްކައިފި

ބަހްރިޔާ އުނިވަރސިޓީގެ 4 ވަނަ އިންޓަނޭޝަނަލް މޫޓް ކޯޓް މުބާރާތުގައި ބައިވެރިވެ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުން ތަފާތު ދައްކައި، ކާމިޔާބީތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި އައިޔޫއެމްއިން ދެ ޓީމެއް ބައިވެރިވިއެވެ. މި ދެ ޓީމުގައި ހިމެނެނީ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުންކަމަށްވާ ފާޠިމަތު ސަރާ ނަސީމް، މުޙައްމަދު އައިހަމް އަޙްމަދު، ޒީބާ ޢަބްދުﷲ ސަލީމް، މަނާލް ބިންތު މުޙައްމަދު، އަޙްމަދު ފައިޝާން ޢަބްދުﷲ އަދި ޖުނައިދު އަޙްމަދެވެ. މި ދެޓީމުގެ ކޯޗަކީ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ލެކްޗަރަރ އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދެވެ.

ޕާކިސްތާންގެ އިސްލާމްއާބާދުގައި ނޮވެންބަރު މަހުގެ 21 އިން 24 އަށް، ކުރިއަށް ގެންދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 33 ޓީމު ބައިވެރިވިއެވެ. މި މުބާރާތުގައި، ފާޠިމަތު ސަރާ ނަސީމް، މުޙައްމަދު އައިހަމް އަޙްމަދު، ޒީބާ ޢަބްދުﷲ ސަލީމްގެ ޓީމުން ވަނީ 8 ވަނަ ހޯދާފައެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު މެމޯރިއަލް އެޕްލިކެންޓްގެ ވަނަވެސް ހޯދާފައިވަނީ މިޓީމުންނެވެ.

އަދި މަނާލް ބިންތު މުޙައްމަދު، އަޙްމަދު ފައިޝާން ޢަބްދުﷲ އަދި ޖުނައިދު އަޙްމަދުގެ ޓީމުންވަނީ ވަކާލާތުކުރުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *