އއ ތޮއްޑޫ ސުކޫލްގައި އަލަށް ހެދި 12 ކުލާސްރޫމާއި މަލްޓި ޕާރޕަސް ހޯލ އިމާރާތްް މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔަތުގައި އެމަކިފާނު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ އާއި ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހަސަން ޝިޔާން އަދި ކައުންސިލް ރައީސް އަހުމަދު ކަރަމްއާއި މެމްބަރުންގެ އިތުރުން ދައުލަތުގެ އިއްޒަތްތެރީންް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިމާރާތް ހުޅުވުމަސްފަހު އެމަނިކުފާނުވަނީ އެއިމާރާތް ބައްލަވާލައްވާފައެވެ. އަމަނިކުފާނުގެ މިި ޒިޔާރަތަކީ އއ ބައެއް ރަސްތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ހަމައެއާއެކު ތޮއްޑު ސްކޫލްގައި މިއަހަރު ވަނީ އޭލެވެލްއަށްވެސް ކިޔަވައިދޭން ފަށާފައެވެ. މިދަރިވަރުންނަށް ސުކޫލުންވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
advertisment
ހިޔާލު