"ދަ ލީޑާސް އޮފް ޓުމޯރޯ 2022 ގެ ނަމުގައި ޕޮރޮގްރާމެއް އުގައިލް ފައުންޑޭޝަންއިން އިއުލާންކޮށްފިއެވެ. މިއީ ޕޮރޮފެސަރ އުގެއިލް އަމިއްލައަށް އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ.
މި ޕޮރޮގްރާމްގައި ބައިވެރިވެވޭނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި ޕޮރޮގްރާމްގައި ޕޮރޮފެސަރ އުގެއިލްގެ އިތުރުން އިގިރޭސިވިލާތުގެ އެކި އެކި ދާއިރާތަކާއި ގުޅުންހުރި ފުންނާބު އުސް ބޭބޭފުޅުން މިކުދިންނަށް ސެޝަންތައް ނަންގަވާ ދެއްވާނެއެވެ. މި ޕޮރޮގްރާމްގައި ކުދިންނަށް ކާމިޔާބު ކުއްޖަކަށް ވެވޭނެ ގޮތްތަކާއި އަދި އެކުއްޖަކަށް އެކުއްޖަކު އިހްތިޔާރުކުރާ ދާއިރާއެއްގެ ލީޑަރަކަށް ވެވޭނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.
މި ޕޮރޮގްރާމްގައި އެކުދިން ހޯދަން ބޭނުންވާ މައުލޫމާތު ހޯދޭނެ ގޮތްތައް ކުދިންނަށް އެގިގެންދާނެއެވެ. އަދި ދުނިޔޭގެ ވަގުތާއިއެކު އަންނަ ބަދަލުތަކާއި، ކަންތައްތައް ހިގާ ގޮތްތަކާއި ކަންތައްތައް ބައްޓަން ކުރަން ޖެހޭ ގޮތްތަކަށް ކުދިންގެ ލޯހުޅުވައިދެވޭނެއެވެ. އަދި ކުދިންނަށް މުއާމަލާތް ކުރާނެ ގޮތާއި ކަންތައްތަކާއިމެދު ވިސްނާނެ ގޮތްތަކާއި އަދި ނެޓްވޯކެއްގެ ތެރެއިން ކާމިޔާބު މީހަކަށް ވެވޭނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.
ހަމައެއާއިއެކު ކޮންމެ ފަދަ ހާލަތެއްގައިވެސް ދިމާވެދާނެ ގޮންޖެހުންތަކުގައިވެސް ސާބިތު އަޒުމް ވަރުގަދަ ކުއްޖަކަށް ވެހުރުމުގެ ލަޔާގަތާއި ގާބިލްކަން މި ޕޮރޮގްރާމްގެ ތެރެއިން ދަސްކޮށްދެވޭނެއެވެ. މިއީ ވަރުގަދަ މަސައްކަތްތަކެއް އަދި ޕޮރޮޖެކްޓެއް އެކުލެވިގެންވާ ޕޮރޮގްރާމެކެވެ.
މިހާރު މިވަނީ މިޕޮރޮގްރާމްއަށް އަލަށް ގުޅޭ ކުދިންގެ ރެޖިސްޓޭޝަން ހުޅުވާލަފައެވެ. މިއީ މި ޕޮރޮގްރާމްގެ ފުރަތަމަ ބެޗެވެ. މި ޕޮރޮގްރަމަކީ ކުދިންނަށް ވަރަށް ވެސް މުހިއްމު ޕޮރޮގްރާމެކެވެ. އުގައިލް ފައުންޑޭޝަނުން އެދެނީ ވީހާވެސް ގިނަ ކުދިން މި ޕޮރޮގްރަމްގައި ބައިވެރިވި ގިނަ ކުދިންނަށް މިޕޮރޮގްރަމްގެ ފައިދާ ލިބިގެންދިޔުމެވެ.
advertisment
ހިޔާލު