އައިޔޫއެމް ގެ އެންމެ ފަޚުރުވެރި ތިން ދަރިވަރުން

އައިޔޫއެމް
އެމްއައިޔޫ ގެ އެންމެ ފަޚުރިވެރި ތިން ދަރިވަރުން ކަމުގައިވާ ޑރ. އަނާރާ ނައީމް އަދި ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް އަދި ޑރ. މޫސާ އަބްވަރު ހަސަން

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ތާރީޚުގައި އެންމެ ފަޚުރުވެރި ދަރިވަރުންގެ ގޮތުގައި، އެ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާޞިލް ކުރެއްވި، ފިގުހުއެކަޑަމީގެ ރައީސް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމާއި، ޑރ. މޫސާ އަންވަރާއި، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ހިމެނިވަޑައިގެންފިއެވެ.

މި ތިން ބޭފުޅުން ދަސްވެނިވެ ސެޓްފިކެޓް ދެއްވީ އެ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ޝަރަފު އެ ތިން ބޭފުޅުންނަށް އެރުއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ކުއްލިއްޔާ އިސްލާމިކް ރިވިއު ނޮލެޖް ހިއުމަން ސައިންސްއިން ޕީއެޗްޑީ ހާޞިލް ކުރެވި މުޙައްމަދު ރަޝީދު އިބްރާހިމްގެ ތީސީސް ބިނާކުރެއްވީ، އާއިލީ މައްސަލަތަކާއި ރާއްޖެފަދަ މުސްލިމް އާބާދީއެއްގައި އާއިލީ މައްސަލަތައް ގިނަވެގެންދާ ސަބަބުތަކުގެ މައްޗަށެވެ. އަދި އިސްލާމީ ޝަރީއަތުގެ އަލީގައި މިކަމަށް އޮތް ހައްލުތަކާއި، ހަރުދަނާ އާއިލާއެއް އިންތިޒާމް ވެގެންދާނެ ގޮތްތަކެއް މި ދިރާސާގައި އޭނާ ވަނީ ހުށަހަޅާފައެވެ.

އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ޕީއެޗްޑީ ހާޞިލް ކުރެއްވި ޑރ. މޫސާ އަންވަރު ހަސަންގެ ތީސީސް ބިނާލުރެއްވީ މަސްތުވާތަކެތި ފެތުރެން މެރުވެރިވާ ސަބަބުތަކާއި އޭގެ އަސަރުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުގައި އޭގެ އުގޫބާތާއި، އޭގެ ހައްލު ޝަރުއީ ސިޔާސަތުގެ އަލީގައި ތަހުލީލީ ދިރާސާއެއް ކުރައްވައިގެންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ކަންތައްތައް ޝަރުއީ ސިޔާސަތުގެ އަލީގައި ތަހުލީލުކޮށް އަޅާ ކިޔާފައިވާއިރު، މިގޮތުން މުޖްތަމައުގެ ބޭނުންތަކާ އެއްގޮތަށް ޒަމާނަށް ފައްތައިގެން ޝަރުއީ ސިޔާސަތުގެ އަލީގައި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ފަދަ ގޮތަކަށް ގާނޫނީ އޮނިގަނޑަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް މި ދިރާސާގައި މޫސާ އަންވަރުވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ ޝަރީއާއިން ލޯ އިން ޕީއެޗްޑީ ޙާޞިލް ކުރެއްވި ޑރ. އަނާރާ ނައިމްގެ ޕީއެޗްޑީގެ ތީސީސް ބިނާކުރެއްވީ ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ޝަރުއީ ސިޔާސަތުގެ މައްޗަށެވެ. މި ދިރާސާގައި ނިޒާމް ތަންފީޒު ކުރުމަށް ހުރަސްތައް ނައްތާލުމަށްޓަކައި ކޮންމެހެން ލާޒިމްވާ އިޖްރާއަތްތައް އެކުލަވާލަން މި ދިރާސާގައި އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ފާއިތުވި ދެ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް  މޯލްޑިވްސްއިން 1384 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.

އެ ޔުނިވަރސިޓީން, ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 360 ދަރިވަރަކު މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު، 81 ދަރިވަރަކު ވަނީ ޕޯސްޓް ގުރެޖުއޭޓް ޑިގްރީ ނިންމާފައެވެ. އަދި ބެޗްލާސް ޑިގްރީ 266 ދަރިވަރަކު ނިންމާފައިވާއިރު، ޑިޕޮލަމާ ނިންމި ދަރިވަރުންގެ އަދަދަކީ 74 އެކެވެ. މީހގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށްގެން 600 އެންހާ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *