އޭލެވެލްގެ ގަދަ ދިހައެއްގައި 219 ދަރިވަރުން

2019 ވަނަ އަހަރުގެ އޭލެވެލްގެ ގަދަ ދިހައެއްގައި 219 ދަރިވަރުން ހިމެނިއްޖެއެވެ.

މީގެ ތެރެއިން ވަކި ވަކި މާއްދާ ތަކުން ރާއްޖޭގެ އެއްވަނަ ނުވަތަ ޓޮޕް އިން މޯލްޑިވްސްގައި 19 ދަރިވަރުން ހިމެނިފައިވާއިރު، ވަކި ވަކި މާއްދާ ތަކުން ދުނިޔޭގެ އެއްވަނައިގައި 37 ދަރިވަރުންވަނީ ހިމެނިފައެވެ.  2019 ވަނަ އަހަރުގެ ޓޮޕްޓެންގެ އެއް ވަނައިގައި 5 ދަރިވަރުން ވަނީ ހިމެނިފައެވެ. 2019ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާންތަކުގައި 20 ސެންޓަރަކުން ބައިވެރިފައިވެއެވެ.

ސާނަވީ އިމްތިޙާނުގައި ދުނިޔެއިން އެއްވަނަ އަށް ދަރިވަރަކަށް ލިބުނެވެ.

އޭލެވެލްގެ ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ ފަސް ދަރުވަރުންނެވެ. ދެވަނައިގައި ހަތަރު ދަރިވަރުން ހިމެނުނުއިރު، ތިން ވަނައިގައި ހިމެނުނީ ނުވަ ދަރިވަރުންނެވެ. ހަތަރުވަނައިގައި 15 ދަރިވަރުން އަދި ފަސް ވަނައިގައި 29 ދަރިވަރުން ހިމެނުނެވެ. ހަވަނައިގައި 27 ދަރިވަރުން ހަތްވަނައިގައި 19 ދަރިވަރުން، އަށްވަނައިގައި 35 ދަރިވަރުން ހިމެނުނެވެ. ގަދަ ދިހައެއްގެ ނުވަވަނައިގައި 31 ދަރިވަރުން ހިމެނުނުއިރު، ދިހަވަނައިގައި 45 ދަރިވަރުން ހިމެނުނެވެ.

 

ދުނިޔޭގެ އެއްވަނައިގައި ހިމެނުނު އަށް ދަރިވަރުންނަކީ:

* އަހުމަދު ހިޒާމް ހަލީމް، އައްޑޫ ހައި ސްކޫލު (ބިޒްނަސް)

* މަރިޔަމް ރޫޔާ އިސްމާއިލް، ސީއެޗްއެސްއީ (އެކައުންޓިން)

* މަރިޔަމް ލަޔާލީ މުހައްމަދު، އައްޑޫ ހައި ސްކޫލު (އެކައުންޓިން)

* އަހުމަދު ނިސާލް އަބްދުﷲ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ބިޒްނަސް)

* ނަސަމް ނަސީމް، ސީއެޗްއެސްއީ (އެކައުންޓިން)

* އާދަމް އަނޫސް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު (އެކައުންޓިން)

* އަނާ ހަސަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (އެކައުންޓިން)

* މައިހާ ހަސަން، އައްޑޫ ހައި ސްކޫލު (އެކައުންޓިން)

ރާއްޖެ އިން އެއްވަނަ ހޯދި ފަސް ދަރިވަރުންނަކީ:

* އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށި، ވިނަމާގެ، ސީއެޗްއެސްއީ.

* މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ.

* މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ ދެވެލި، ސީއެޗްއެސްއީ.

* މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ.

* ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ.

2019 ވަނަ އަހަރު އޭލެވެލް އިމްތިހާން 1677 ދަރިވަރުން ހަދާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 1009 އަންހެން ކުދިންނާއި 706 ފިރިހެން ކުދިންނެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *