މި އަހަރު އޭ-ލެވެލް ނިންމާ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ޒެޑެކްސް ސްޓަޑީ އެބްރޯޑުން އިންތިޒާމުކުރާ "މެލޭޝިއާ ސްޓަޑީ ޓުއަރ 2026″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ދަތުރަކީ މެލޭޝިއާގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަޢުލޫމާތު ހޯދުމަށާއި، ބޭރު ޤައުމެއްގައި ކިޔަވާ ދަރިވަރެއްގެ ދިރިއުޅުން ހުންނާނެ ގޮތް ތަޖުރިބާކޮށްލުމަށް ދަރިވަރުންނަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ "މެލޭޝިއާ ސްޓަޑީ ޓުއަރގެ މުހިންމު ބައިތައް:
- މެލޭޝިއާގެ 10 އަށްވުރެ ގިނަ ޔުނިވަރސިޓީ ކެމްޕަސްތަކަށް ޒިޔާރަތްކުރުން.
- ޔުނިވަރސިޓީތަކުގެ ވަސީލަތްތަކާއި، ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ކެމްޕަސް މާޙައުލު ބަލާލުން.
- ރާއްޖެއިން ބޭރުގައި ކިޔެވުމާއި ކުރިމަގުގައި ހުރި ތަޢުލީމީ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ހޯދުން.
- މި ދަތުރުގައި ބައިވެރިވެވޭނީ ޖުމްލަ 30 ދަރިވަރުންނަށެވެ. ފުރުޞަތު ދެވޭނީ ކުރިން ނަން ނޯޓުކުރާ ތަރުތީބުންނެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑުން ބުނީ، މި ޓުއަރގައި މި އަހަރު އޭލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ފޯމް ފުރުމަށްފަހު ހުށައެޅުމަށެވެ. އަދި އިތުރު މައުލޫމާތު ޒެޑެކްސް ސްޓަޑީ އެބްރޯޑްގެ ސޯޝަލްމީޑިއާއިންނާއި އަދި 9902788 މެސެޖްކޮށްގެންނާއި ގުޅައިގެން ސާފުކުރެވޭނެ ކަމަށެވެ.
މި ހަރަކާތަކީ ދިވެހި ދަރިވަރުން މަތީ ތަޢުލީމާ މެދު ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުމަށާއި، ރާއްޖެއިން ބޭރުގައި ހުރި ތަޢުލީމީ ފުރުޞަތުތައް ދައްކުވައިދިނުމަށް ޒެޑެކްސް ސްޓަޑީ އެބްރޯޑުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑުން ދަނީ މަތީ ތައުލީމަށް ރާއްޖެއިން ބޭރަށްދާ ދަރިވަރުންނަށް މަގުދައްކައި ދިނުމުގައި ކާމިޔާބު އެއް އަހަރު ހޭދަކޮށްފައެވެ. ދިހަ އަހަރުގެ ތަޖުރިބާއާއެކު، އެ ކުންފުނިން ދަނީ މި އަހަރު މެލޭޝިއާގައި ކިޔަވަން ފެށި 200 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
advertisment
ހިޔާލު