ކޯސްފީ ދެއްކުމުގައި ދަތިކަން ދިމާވެފައިވާ 47 ދަރިވަރުންނަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗެރިޓީ ފަންޑުންދޭ މާލީ އެހީތެރިކަން ހަވާލުކޮށްފިއެވެ. މި އެހީ ދަރިވަރުންނާ ހަވާލުކުމުގެ ހަފްލާ ބޭއްވީ އާދީއްތަ ދުވަހު އައި.ޔޫ.އެމް ހޯލުގައެވެ.
އައިޔޫއެމް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެމިސްޓަރުގައި އެ ޔުނިވަރސިޓީގެ ޗެރިޓީ ފަންޑުން އެހީ ހޯދުމަށް އެދި ޖުމްލަ 53 ދަރިވަރަކު ފޯމު ހުށައެޅިއެވެ. އޭގެ ތެރެއިން އެހީ ދިނުމަށް ހޮވިފައިވަނީ 47 ދަރިވަރުންނެވެ. އެ ދަރިވަރުން ހޮވާފައިވަނީ އެހީ ފަންޑުގެ މިންގަނޑުތަކަށް ބަލައިގެންނެވެ.
މި ދަރިވަރުންގެ ކޯސް ފީ ދެއްކުމަށްޓަކައި ޗެރިޓީ ފަންޑުން ޖުމްލަ 469,410.83 (ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ އަށްޑިހަ ތިން ލާރި) ޚަރަދު ކުރާނެކަމަށް އައި.ޔޫ.އެމް އިން މައުލޫމާތު ދެއްވައެވެ.
advertisment
ހިޔާލު