އެ ސްކޫލުގެ 217 ޕްރިފެކްޓުންނާއި 54 ކުލާސް މަންދޫބުން ވަނީ މަޤާމުގެ މަސްއޫލިއްޔަތާ އިއްޔެ ހަވާލުވެފައި
ސީއެޗްއެސްއީ ހުޅުމާލޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ދަރިވަރުން ޕްރިފެކްޓަރުންނަށް ވީ މި އަހަރުއެވެ. އެ ސްކޫލުން ވެސް ވަނީ އެކަން ވެސް ފާހަގަކޮށްފައެވެ.

އެ ސްކޫލުން ބުނީ، އިއްޔެއަކީ، އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ފަޚުރުވެރި ދުވަހެއް ކަމަށާއި އެއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ހިމެނޭހެން، 217 ޕްރިފެކްޓުންނާއި 54 ކްލާސް ރެޕްރެޒެންޓެޓިވުންނަށް ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުނު ދުވަސް ކަމަށެވެ.

"މި މުހިންމު ރަސްމިއްޔާތުން ރަމްޒުކޮށްދެނީ، ޒިންމާދާރު، އަމިއްލަ ނަފްސަށް އިތުބާރު އޮތް، އަދި އެހެން ދަރިވަރުންނަށް ނަމޫނާ ދައްކާނެ ފަދަ ޒުވާން ލީޑަރުން ބިނާކުރުމަށް އަޅުގަނޑުމެން ކުރާ އިޚްލާޞްތެރި މަސައްކަތެވެ. މިއީ މަދަރުސާގެ މަތިވެރި އަގުތައް ހިފަހައްޓައި، އަޅުގަނޑުމެންގެ މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެނެސްދޭނެ ދަރިވަރުންތަކެކެވެ.

މަގާމުތަކާ ހަވާލުވި ހުރިހާ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވަމެވެ. ތިޔަ ހިފަހައްޓާ މަގާމުގެ ޝަރަފާއި އިއްޒަތް ދަމަހައްޓައި، ތެދުވެރިކަމާއި އޯގާތެރިކަމާއެކު އެހެން ކުދިންނަށް އުންމީދާއި ހިތްވަރު ދޭނެ ނަމޫނާ ލީޑަރުންތަކަކަށް ވުމަށް އެދެމެވެ" މުސްތަގުބަލުގެ ލީޑަރުންގެ ދަތުރު ފެށިއްޖެ ކަމަށް ބުނެ ސީއެޗްއެސްއީ ހުޅުމާލެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.

ސީއެޗްއެސްއީ ހުޅުމާލޭގައި މި އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަނީ ދެ ދަންފަޅިއަށެވެ.
advertisment
ހިޔާލު