އައްޑޫބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ މުބާރާތް: އެއްވަނަ ހިތަދޫ ސްކޫލާއި ޝަރަފުއްދީނާއި އައްޑޫ ހައި ސްކޫލަށް

  • ވާހަކަދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުން. ސާނަވީން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުން. މަތީ ސާނަވީން އެއްވަނަ ހޯދީ އައްޑޫ އައްޑޫ ހައި ސްކޫލުން
  • ވާހަކަ ދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެންމެ މޮޅު ދަރިވަރަކީ ސަބާ. ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޙަނީން. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޝައިމާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަގާފަތާ ތަރިކަޔާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލްތަކަށް ކުރިއަށް ގެންދާ "އައްޑޫބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތުގެ ވަނަތައް އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

މި ދެ މުބާރާތް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ.

އައްޑޫބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުންނެވެ. ސާނަވީން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. މަތީ ސާނަވީން އެއްވަނަ ހޯދީ އައްޑޫ އައްޑޫ ހައި ސްކޫލުންނެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެންމެ މޮޅު ދަރިވަރަކީ ހިތަދޫ ސްކޫލުގެ ފާތިމަތު ސަބާ ހަސަނެވެ. ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޝަރަފުއްދީން ސްކޫލުގެ އާއިޝަތު ޙަނީން މުޙައްމަދު ލަތީފެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އާއިޝަތު ޝައިމާ އަޙްމަދު ނާޡިމެވެ.

ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިއަށްގެންދިޔަ މުބާރާތުގައި މިއަހަރުގެ ވާހަކަދެއްކުމުގެ މުބާރާތުގައި 14 ސްކޫލަކުން ޖުމްލަ 138 ދަރިވަރުން ބައިވެރިވިއެވެ.

އައްޑޫއާއި ފުވައްމުލައް ސިޓީގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ބަހުސް މުބާރާތުން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލެވެ. ފައިނަލް ބަހުސާއި މުބާރާތުން އެންމެ މޮޅު ބަހުސް ކުރުންތެރިޔަކީ އާމިނަތު އަނާ ރަޝީދެވެ. ރަނަރަޕް ބަހުސް ޓީމަކީ އައްޑޫ މީދޫ ކައުންސިލެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ އިތުރު ވަނަތައް:

ދަށު ސާނަވީން ތިންވަނަ: ޙަސަން ނާއިލް ނަޞީރު – ޝަރަފުއްދީން ސްކޫލް

ސާނަވީން: ތިންވަނަ: އާއިޝަތު ޢީޝަލް – ޝަރަފުއްދީން ސްކޫލް

މަތީ ސާނަވީން ތިންވަނަ: އާމިނަތު ޒީވާ އާމިރު- އައްޑޫ ހައި ސްކޫލް

ދަށު ސާނަވީން ތިންވަނަ ސްކޫލަކީ: ޏ. އޭއީސީ

ސާނަވީން ތިންވަނަ ސްކޫލް: ނޫރާނީ ސްކޫލް

މަތީ ސާނަވީން ތިންވަނަ: ޏ. އޭއީސީ

ދަށު ސާނަވީން ދެވަނަ: މުޙައްމަދު ޒައިން ޒަމީން – ޝަރަފުއްދީން ސްކޫލް

ސާނަވީން ދެވަނަ: ޙަމްނާ ބިންތި މުޙައްމަދު ސިނާން- ޏ. އޭއީސީ

މަތީ ސާނަވީން ދެވަނަ: ވާއިލް އިބްރާހިމް ރަޝީދު މުޙައްމަދު- ސ. އަތޮޅު މަދަރުސާ

ދަށު ސާނަވިން ދެވަނަ ސްކޫލް: ޝަރަފުއްދީން ސްކޫލް

ސާނަވިން ދެވަނަ ސްކޫލް: ޏ. އޭއީސީ

މަތީ ސާނަވީން ދެވަނަ ސްކޫލް: ސ. އަތޮޅު މަދަރުސާ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *