2019 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއް އިއުލާން ކުރުން މާދަމާ ރޭ ބާއްވަން ނިންމި ޖަލްސާ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ގަދަ ދިހައެއް އިއުލާން ކުރަން އަމީނިއްޔާ ސްކޫލްގެ ގޯތިތެރޭގައި ބާއްވަން ކުރިން ނިންމި ނަމަވެސް، އެ ޖަލްސާ ތާޖުއްދީން ސްކޫލްގެ ހޯލުގައި ބާއްވަން ނިންމީ ވިއްސާރަ ވުމުގެ ސަބަބުން ކަމަށެވެ.
މި ޖަލްސާ ފަސްކުރީ ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިން ބާއްވަން ނިންމި ގޮތަށް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ކުރިން މި ޖަލްސާ ބާއްވަން ނިންމީ ފެބުރުއަރީ މަހުގެ 25 ގައެވެ. އެ ދުވަހު އިނާމް ދޭން ނިންމީ އެއްވަނަ އަށް ދާ ދަރިވަރުންނަށް އެކަންޏެވެ. ދެން ހުރި ވަނަތައް އިއުލާން ކުރުން ވާއްވަން ހަމަޖެއްސީ މާރޗް 21 ވަނަ ދުވަހު އޮންލައިން ބައްދަލުވުމެއްގައެވެ.
ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަތީ ސާނަވީ ގައުމީ ގަދަ ދިހައެއް އިއުލާން ކުރަން ބާއްވަން ނިންމި ޖަލްސާ ވަނީ އެރު ފަސްކޮށްފައެވެ.
advertisment
ހިޔާލު