އެމްއެންޔޫގެ ދަރިވަރުންނަށް ޕްރެކްޓިކަލް އެކްސްޕީރިއަންސް ހޯދައިދިނުމުގެ އެއްބަސްވުން ހިލްޓަންއިން އައު ކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ހިލްޓަން ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ހިލްޓަން ބްރޭންޑްގެ ރިސޯޓްތަކުގައި ޕްރެކްޓިކަލް އެކްސްޕީރިއަންސް އެމްއެންޔޫގެ ދަރިވަރުންނަށް ހޯދައިދިނުމުގެ އެއްބަސްވުން އައު ކޮށްފިއެވެ.މިއީ މި އެއްބަސްވުން އައު ކުރާތާ ދެވަނަ އަހަރެވެ.

މި އެއްބަސްވުމުގެ ދަށުން ހިލްޓަލްއިން ހިންގާ، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައި ޕްރެކްޓިކަލް އެކްސްޕީރިއަންސް ހޯދުމުގެ ފުރުޞަތު އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ފަހިވެގެން ދާނެއެވެ. އެގޮތުން އެމްއެންޔޫގެ އެފްއެޗްޓީއެސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހިލްޓަން ރިސޯޓްތަކުގެ ފްރަންޓް އޮފީހާއި ހައުސްކީޕިންގ އާއި އެފްއެންޑްބީ އާއި ކިޗަން އާއި މާކެޓިންގ އަދި ބެކް އޮފް ދަ ހައުސް ހިމެނޭހެން ތަފާތު ދާއިރާތަކުން އިންޓަރންޝިޕްގެ ފުރުޞަތުތައް ވެސް ހުޅުވިގެންދާނެއެވެ.


މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެމްއެންޔޫގައެވެ. މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝަހީނާޒް އާދަމްއާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގޭ ޑީން ޒުލައިޚާ ރީޝާ ރަޝާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވޯލްޑޯފް އެސްޓޯރިއާގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖޫލަކް، ހިލްޓަން އަމިންގިރިގެ ޖެނެރަލް މެނޭޖަރު މާކް އެލެޓްރ އަދި ކޮންރެޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ނިކް ފްލިންގެ އިތުރުން ރިސޯޓުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިލްޓަނުން ބުނީ، ފަތުވެރިކަމުގެ ދާއިރާއިން ދިވެހި ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ.
ހިލްޓަންގެ ރިސޯޓްތަކުގެ އިތުރުން ތަފާތު ދާއިރާތަކުން ދިރާސާ މަސައްކަތް ކުރުމަށް ވެސް ރިސޯޓްތަކާއެކު އެމްއެންޔޫއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *