ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ތ. ކަނޑޫދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެގްރޯ ނެޓްގެ ފަރާތުން ސްކޫލް ގާޑެން ޕްރޮގްރާމް ތ.ކަނޑޫދޫ ސްކޫލްގައި ފަށައިފިއެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމަށް ޝަޢުޤު އުފެއްދުމަށް ފެށި ސްކޫލް ގާޑެން ޕްރޮގްރާމް ފައްޓަވައި ދެއްވީ ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ތ.ކަނޑޫދޫގައި ކުރިއަށް މިގެންދާ ސްކޫލް ފާމިިން ޕްރޮގްރާމް އެހެން ސްކޫލްތަކަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށާއި، ސްކޫލް ގާޑްނިންގެ ތެރެއިން ކުދިންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމަކީ އެގްރޯ ނެޓްގެ އެއް އަމާޒެވެ. ކަނޑޫދޫ ސްކޫލްގައި ގާއިމް ކުރި ގާޑަން ޕްރޮގްރާމްގެ ދަށުން ހައްދާ ތަކެތި އެކުންފުނިން މޮނީޓަރކޮށް ބަލަހައްޓާނެކަމަށާއި އުފައްދާ ތަކެތި އެކުންފުނިން ގަންނާނެ ކަމުގެ ޔަގީންކަން އެގްރޯ ނެޓުން ވަނީ ދީފައެވެ. މި ޕްރޮގްރާމުގެ ދަށުން ކަނޑޫދޫ ސްކޫލްގައި ހައްދާނީ ލެޓިއުސްއާއި ލޭޑިސް ފިންގާއާއި ބެސިލްއާއި މިންޓާއި ކޮޕީފަތާއި ޒުވާރިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ސްކޫލް ގާޑްނިން ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދާނެ ޕްރޮގްރާމަކަށް ވާނެ ކަމަށެވެ.
ކުދިން ހިތްތަކުގައި ދަނޑުވެރިކަމަށް ލޯބި ޖެއްސުމާއި އަދި އުކާލެވޭ ޕުލާސްޓިކު އަލުން ބޭނުން ކުރާނެ ގޮތް ކަނޑޫދޫ ސްކޫލްގެ ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.
advertisment
ހިޔާލު