ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ދެވަނަ ސެމިސްޓަރގައި ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ސްޓޫޑަންޓް ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ.

ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރީ 16 ސެޕްޓެމްބަރުގައި އައިޔޫއެމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ސްކީމްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ޖުމްލަ 13 ދަރިވަރުންނަށް ވަނީ ދީފައެވެ.

މިއީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޮންމެ އިންޓޭކެއްގައި އަލަށް ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަ ދަރިވަރުންނަށް ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ފަހިކޮއްދިނުމަށް 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރައިން ފެށިގެން ހުޅުވާލައިގެން ކުރިއަށް ގެންދާ ސްކޮލަރޝިޕް ސްކީމެކެވެ. މި ސްކީމަކީ ދިވެހި އަދި ބިދޭސީ ދަރިވަރުންނަށް ފުރުޞަތު އޮންނަ ގޮތަށް ހުޅުވާލާފައިވާ ސްކީމެކެވެ.
advertisment
ހިޔާލު