މި އަހަރުގެ ބާ އިމްތިޙާނުގައި 138 ކެންޑިޑޭޓުން ބައިވެރވެއްޖެއެވެ. މި އިމްތިހާނު އިއްޔެ ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޕީއީ ހޯލުގައެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އިމްތިހާނު އަހަރަކު އެއްފަހަރު ބާއްވަނީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި ޤާނޫނީ ތަޢުލީމު ކިޔަވައިދެއްވާ ތަޖުރިބާކާރުންގެ އިތުރުން ފަނޑިޔާރުން ހިމަނައިގެން އެކުލަވާލެވޭ ބާ އިމްތިޙާނުގެ "ކޮމިޓީ އޮފް އެކްސްޕަރޓްސް"އިންނެވެ.
ބާ ކައުންސިލުން ބުނީ، މިއީ ރާއްޖޭގައި ޤާނޫނީ ޚިދުމަތްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަށް ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިޙާނެކެވެ. އަދި މިއީ އަލަށް ދާއިރާއަށް ނިކުންނަށް ވަކީލުންގެ ފެންވަރު ވަޒަންކުރުމަށް ދެވޭ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް" ކަނޑައަޅާ އިމްތިޙާނެއް ކަމަށެވެ.
މި އިމްތިޙާނުގައި، މައިގަނޑު 6 ދާއިރާއަކުން އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕިލް ޗޮއިސް ސުވާލު ހިމަނާފައިވެއެވެ.
އިމްތިޙާނުގައި ހިމެނޭ މައިގަނޑު6 ދާއިރާތައް:
- ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
- ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
- ލޭންޑް އެންޑް ލޯ ޕްރެކްޓިކްސް
- ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
- ޓޯޓަލް ލޯ
- މޯލްޑިވިއަން ލީގަލް ސިސްޓަމްސް
ބާ ކައުންސިލުން ބުނެފައިވަނީ، އިމްތިޙާނަށް ކެނޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން މިއަހަރު 5 އޮރިއެންޓޭޝަން ސެޝަނެއް އިންތިޒާމްކޮށްފައިވާކަމަށެވެ.
advertisment
ހިޔާލު