8100 ދަރިވަރުންނާއެކު ސާނަވީ ނިންމާ އިމްތިޙާނު މިއަދު ފަށައިފިއެވެ.
މި އިމްތިޙާނު ރާއްޖޭގެ 267 ސެންޓަރެއްގައި ކުރިއަށް ގެންދާއިރު، އެޗްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރިވެފައި ވަނީ 7776 ދަރިވަރުންނެވެ.
ސާނަވީ ނިންމާ އިމްތިޙާނުގައި މާލެ ހިމެނޭ ސަރަހައްދުގެ 25 ސްކޫލަކުން 3222 ދަރިވަރުން ބައިވެރިވެއެވެ. އަތޮޅުތަކުގެ 242 ސްކޫލަކުން 2869 ދަރިވަރުން ބައިވެރިވެއެވެ. ސާނަވީ ނިންމާ އިމްތިޙާނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހަށެވެ.
އިމްތިޙާނު މިއަދު ފަށަނީ ދިވެހި މާއްދާގެ ކަރުދާހުންނެވެ.
advertisment
ހިޔާލު