ތ. އަތޮޅު ތައުލީމީމަރުކަޒުގެ ޕްރިންސިޕަލަކަށް އަބްދުﷲ މުނާޒު ހަމަޖައްސައިފިއެވެ. ޕްރިންސިޕަލަކަށް ހަމަޖެއްސުމުގެ ކުރިން މުނާޒު މަސައްކަތް ކުރައްވަމުން ގެންދެވީ އެ މަރުކަޒުގެ، ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ.
ޕްރިންސިޕަލް ކަމުގެ ޒިންމާއާ މުނާޒު ހަވާލުވެ ވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
ތ. އަތޮޅު ތިމަރަފުށީގައި ހުންނަ އެ އަތޮޅު ތައުލީމީމަރުކަޒުގައި 300 އާ ކައިރިކުރާ ވަރަކަށް ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު