ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށް ސްކޫލްތައް އެއް ހަފްތާއަށް މިއަދުން ފެށިގެން ބަންދުވާނެއެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ކިޔެވުމެއް ނޯންނާނެއެވެ. ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު ސްކޫލްތައް ހުޅުވާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
އެއްހަފްތާގެ ޗުއްޓީއަކަށް ދަރިވަރުން ދިއުމުގެ ކުރިން ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުންތައް ވަނީ ހުރިހާ ސްކޫލަކުން ވެސް ބާއްވާފައެވެ.
ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ޓެސްޓް ފެށޭނީ 16 ނޮވެމްބަރުގައެވެ. މިއަހަރު ސުކޫލްތަކުގެ ފުރަތަމަ ޓާމް 23 ޑިސެމްބަރުގައި ނިމޭއިރު، ފުރަތަމަ ޓާމް ޗުއްޓީ ލިބޭނީ 26 ޑިސެމްބަރުން 13 ޖެނުއަރީއަށެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ 16 ޖެނުއަރީ 2021 ގައެވެ. މި ޗުއްޓީއަކީ ދަރިވަރުން ޓެސްޓަށް ތައްޔާރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ފިލާވަޅުތައް ޓެސްޓް އަންނަންވާއިރަށް މުރާޖާއާކޮށް ކިޔެވުމަށް ސަމާލުކަން ދިނުމަކީ ީދަރިވަރުންގެ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ކުރުން ވަރަށް މުހިއްމެވެެެ. އަދި ބެލެނިވެރިން ކުދިންނަށް ފިލާވަޅުތައް މުރާޖާ ކުރުމާއި ދަސްކުރުމުގައ، އެހީތެރިވެދީ ބެލުމަކީ ބެލެނިވެރިންގެ ވެސް ޒިންމާއެކެވެ.
advertisment
ހިޔާލު