ފުރަތަމަ ޖޫނިއާ ހޭންޑްބޯލް މުބާރާތުގެ ގްރޭޓާ މާލެ ސަރަޙައްދުގެ މަތީ ސާނަވީ ގިންތީގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން އަޙްމަދިއްޔާއިން ހޯދައިފިއެވެ.

ފިރިހެން ފައިނަލުގައި އަޙްމަދިއްޔާ ގުޅުނީ ސީއެޗްއެސްއީ ހުޅުމާލެއާއެވެ. ޗެމްޕިއަންކަން ހޯދީ 17-9 ގެ ތަފާތަކުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އަޙްމަދިއްޔާގެ ޖާޒީ ނަންބަރު 14 މޫސާ މިންހާލް ހާޝިމެވެ.
ފިރިހެން ފައިނަލަށް އަޙްމަދިއްޔާ ދިޔައީ ސެމީގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލު އަތުން މޮޅުވެގެންނެވެ.
އަންހެން ފައިނަލުގައި އަޙްމަދިއްޔާ ކުޅުނީ ވީއައިއެޗްއެސްއާއެވެ. ޗެމްޕިއަންކަން އަޙްމަދިއްޔާއިން ހޯދީ 12-5 ގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަޙްމަދިއްޔާގެ ޖާޒީ ނަންބަރު 10 ރުކާން އިބްރާހީމެވެ.
އަންހެން ފައިނަލަށް އަޙްމަދިއްޔާ ދިޔައީ ސެމީގައި ސީއެޗްއެސްއީ ހުޅުމާލެ އަތުން މޮޅުވެގެންނެވެ.
advertisment
ހިޔާލު