ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕް: މާލޭ ސްކޫލުތަކުގެ ބައިން 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން މަޖީދިއްޔާއަށް

ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕްގައި މާލޭ ސްކޫލުތަކުގެ ބައިން 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލުން ހޯދައިފިއެވެ.

16 އަހަރުންގެ ދަށުގެ އަންހެން ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ޣާޒީ ސްކޫލާ ވާދަކޮށެވެ. 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ރޭ ކުޅުނު ފައިނަލުގައި ހުރަވީ ސްކޫލަ ވާދަކޮށެވެ.

ދެ ފައިނަލުން ވެސް މަޖީދިއްޔާ މޮޅުވީ ތިން ސެޓް އެއް ސެޓުންނެވެ.

މި ދެމެޗްގެ މޮޅު ކުޅުންތެރިޔަކީ އައިޝަތު ދީމާ ނަދީމާއި ހުސައިން އައިދަން ނިޔާޒެވެ.

ރާއްޖެ ޖޫނިއަރ ވޯލީ ބޯލް ޗެންޕިއަންޝިޕްގައި މަޖީދިއްޔާގެ ދެ ޓީމް ދެން ކުޅެން ޖެހެނީ އަތޮޅުގެ ޗެމްޕިއަނުންނާއެވެ. އެގޮތުން މަޖީދިއްޔާގެ އެންހެން ކުދިން ވާދަކުރާނި ކެޔޮދޫ ސްކޫލުގެ އަންހެން ޓީމާއެވެ. މަޖީދިއްޔާގެ ފިރިހެން ޓީމު ވާދަކުރާނީ މަދަރަސަތުލް އިފްތިތާހުއާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *