މިލަންދޫ ސުކޫލްގެ ހުރިހާ ކުލާސް ރޫމެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފި

ށ. މިލަންދޫ ސުކޫލްގެ ހުރިހާ ކުލާސްރޫމްއެއް ޑިޖިޓަލައިޒް ކުރުމުގެ މަސަްކަތް ފަށައިފިއެވެ.

މިމަސައްކަތް އެސުކޫލްގައި ފަށާފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. މި މަސައްކަތަށް ތަކެތި ހަދިޔާ ކޮށްފައިވަނީ ސުކޫލްގެ ކުރީގެ ދަރިވަރުންގެ ފަރާތުންނެވެ. އެފަރާތުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ޕޮރޮޖެކްޓަރ ،ސައުންޑް ސިސްޓަމް، ސްކްރީން އަދި ވަޔަރިންއަށް ބޭނުންވާ ނަރުތައް ހިމެނެއެެވެ.

މިލަންދޫ ސްކޫލްގައިހުންނަނީ 30 ކުލާސް ރޫމްއެވެ. މިހާތަނަސް 16 ކުލާހެއްގެ ސެޓްއަޕް އެއްކޮށް ނިންމާލެވިފައިވާއިރު ބާކީހުރި ކުލާސްރޫމްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވަރަށް ހަލުވުކަމާއިއެކު ކުރެވެމުންދާކަމަށް އެސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ދަރިވަރު އެމްވީ އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

ކޮޥިޑް ހާލަތާއި ގުޅިގެން މި މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެހެންނަމަވެސް ސުކޫލްގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ސްކޫލްގެ ހުރިހާ ކުލާސް ރޫމެއް ޑިޖިޓަލައިޒް ކުރުމެވެ. އަދި ސުކޫލްގެ ސާވާރ ތެރެއިން ކުދި ސީޕީޔޫތައް މެދުވެރިކޮށް ކުދިންނަށް ސުކޫލްގެ ޑިޖިޓަލް މާހަލު އެންމެ ފުރިހަމަށް ފޯރޮކޮށްދިނުމަށް ވެސް އެސުކޫލުން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *