2024 ވަނަ އަހަރު އިސްކަންދަރު ސްކޫލުން 1ވަނަ އަޝާއަށް، 2ވަނަ ނަޝާއަށް، 3ވަނަ އާއިޝްއަށް

2024 ވަނަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އަޝާ މުޙައްމަދު ހޯދައިފިއެވެ. އެންމެ މޮޅު 2ވަނަ ދަރިވަރަކަށް ހޮވުނީ، އައިޝަތު ނަޝާ ނަހްސަނެވެ. އެންމެ މޮޅު 3ވަނަ ދަރިވަރަކަށް ހޮވުނީ، މުޙައްމަދު އާއިޝް ސިނާނެވެ.

ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝައުޤީއެވެ.

އެވަނަ ހޯދި އަޝާއަކީ، 2024 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ކެޕްޓަނެވެ. އޭނާއަކީ އެ އަހަރު ބޭއްވި ސާނަވި ނިންމާ އިމްތިޙާނުތަކުން އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި އެ ސްކޫލުގެ ތިން ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ.

2ވަނައަށް ދިޔަ ނަޝާއަކީ 2024 ވަނަ އަހަރު ހިލާލީ ހައުސްގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ހަތް އޭ ސްޓަރ، އެއް އޭ ހޯދައިގެން އޭނާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނައެވެ.

ތިންވަނައަށް ދިޔަ އާއިޝްއަކީ 2024 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ އިސްދޫ ހައުސްގެ ޑެޕިއުޓީ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ހަތް އޭ ސްޓަރ، އެއް އޭ ހޯދައިގެން އޭނާއަށް ލިބުނީ ގައުމީ ގަދަ ދިހައެއްގެ ދެވަނައެވެ.

ސާނަވީ ނިންމާ އިމްތިޙާނުތަކުގައި 2024 ވަނަ އަހަރު އިސްކަންދަރު ސކޫލުން 263 ދަރިވަރުން ބައިވެރިވެ 56 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. 12 ދަރިވަރަކަށް ރާއްޖެއާއި ދުނިޔޭގެ ވަނަ ތައް ލިބިފައިވާއިރު ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައިވެއެވެ. އަޝާގެ އިތުރުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދީ، އައިޝާ ސާރާ ހަސަންއާއި ޔޫސުފު ޒުޖާޖު އިނާޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *